ކުއްލި ޚަބަރު

އިސްރާއީލު ސިފައިން ބޮންއަޅައި ޣައްޒާ ސިވިލް ޑިފެންސް އޮޕަރޭޝަންސް ޑިރެކްޓަރ އަވަހާރަ ކޮށްލައިފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ޙައްޖުވެރިން މާދަމާ ފުރަން ފަށާނެ!

ދިވެހި ރާއްޖެއިން މިއަހަރު ޙައްޖަށް ދާ ޙައްޖުވެރިން މާދަމާ ފުރަން ފަށާއިރު، ޙައްޖުވެރިންނަށް ފަސޭހައިން އެއަރޕޯޓަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.

މާލެއިން 3 ރޫޓަކުން ބަސްދަތުރު ހަމަޖައްސާފައިވާއިރު ހުޅުމާލެއިން 2 ރޫޓަކުންވަނީ ބަސްދަތުރު ހަމަޖައްސާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބަސް ދަތުރުތައް ފެށުމުގެ 15 މިނެޓް ކުރިން ޙައްޖުވެރިން ބަސްތައް ކައިރިއަށް ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ. ބަސްތަކުގެ ދަތުރު މާދަމާ ފަށަން ހަމަޖެހިފައިވަނީ ހެނދުނު 10:30ގައެވެ.

ބަސް ރޫޓް – 1 (އަމީނީ މަގު)
10:30- ނޫސަންދަ ބަސް ސްޓޮޕް
10:35- މީރާ ބަސް ސްޓޮޕް
10:40- ސްޓެލްކޯ ބަސް ސްޓޮޕް

ބަސް ރޫޓް – 2 (މަޖީދީ މަގު)
10:30- ސޯޝަލް ސެންޓަރު ބަސް ސްޓޮޕް
10:35- ކަލަބޭންކް ބަސް ސްޓޮޕް
10:40- ވިލާ މާރޓް ބަސް ސްޓޮޕް
10:45- ޒިކުރާ މިސްކިތް ބަސް ސްޓޮޕް
10:50- މާލޭ ގްރޭންޑް ބަސް ސްޓޮޕް
10:55- ސިޓީ ކައުންސިލް ޕާކިން ބަސް ސްޓޮޕް
11:00- ހީނާމާގެ ޕާކިން ބަސް ސްޓޮޕް
11:05- ދަމަނަވެށި ބަސް ސްޓޮޕް

ބަސް ރޫޓް – 3 (އޯކިޑު މަގު)
10:30- ގަޑި ބުރު ބަސް ސްޓޮޕް
10:35- ވެމްކޯ ޝޯރޫމް ބަސް ސްޓޮޕް

ބަސް ރޫޓް – 1 ( ހުޅުމާލެ ފޭސް 1)
10:30- އެން 2 ބަސް ސްޓޮޕް 5
10:40- އެން 2 ބަސް ސްޓޮޕް 6
10:55- ސިފްކޯ ހިޔާ ބަސް ސްޓޮޕް

ބަސް ރޫޓް – 2 ( ހުޅުމާލެ ފޭސް 2)
10:30- ފޭސް 2 ބަސް ސްޓޮޕް 1 ހިޔާ 12
10:40- ފޭސް 2 ބަސް ސްޓޮޕް 2 ހިޔާ 16
10:45- ފޭސް 2 ބަސް ސްޓޮޕް ހިޔާ 9
10:50- ވިނަރެސް 4
10:55- އެމްޕީއެލް ބަސް ސްޓޮޕް
11:00- އެސްޓީއޯ ބަސް ސްޓޮޕް
11:10- ރެއިންކްރެސްޓް

ޙައްޖުވެރިންގެ ފުރަތަަ ގުރޫޕް މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 15:25 ގައެވެ. މާދަމާ ސަޢުދީ އެއަރލައިންގައި 234 ޙައްޖުވެރިއަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.

ފުލުހުން ވަނީ މިދުވަސްތަކުގައި އެއަރޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީވެ އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އިތުރު ފުލުހުން އެއަރޕޯޓްގައި ހަރަކާތްތެރިވަމުންދާނެކަން ފާހަގަކުރައްވާފައެވެ އަދި ހަމަ އެއަރޕޯޓުން ފުރާ އެހެން މީހުންނަށްވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، އެދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއަރޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ނިންމުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޙައްޖުވެރިންނާއެކު އެއަރޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. 4 ދުވަހަށް ބަހާލައިގެން ރާއްޖެއިން މީހުން ޙައްޖަށް ފުރުމަށް ހަމަޖެހިފަވާއިރު، 1000 މީހުން ޙައްޖުގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Muleeeeeeeeeeeeeeeee

މުލީގައި ޑަޔަލިސިސްގެ ހިދުމަތް ފަށައިފި

School

ސްކޫލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ގެންދަނީ

8989898989

ތެލަސީމިއާ ސެންޓަރު ރަސްމީކޮށް އޮރެންޖް ހިޔާއަށް ބަދަލުކޮށްފި

Stelcooooo

ރައީސްގެ ދެކަނބަލުން މި ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރުމަކީ ލިބުނު ޝަރަފެއް: ސްޓެލްކޯ

ELL Mobile Advertisement TTH_advertisement