ކުއްލި ޚަބަރު

ހަނގުރާމަ ހުއްޓާލުމަށް، ނަތަންޔާހޫ އަނެއްކާވެސް ހަރުކަށި ޝަރުތުތަކެއް ކުރިމަތިކޮށްފި

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ބަދަލުކޮށްފި

ބަންކަރިންގ ކާމިޔާބު، ޚިދުމަތުން 124 މިލިޔަން ރުފިޔާގެ އާމްދަނީއެއް

A

ބަންކަރިންގ ޚިދުމަތުން މިހާތަނަށް 124 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދް މިހެން ވިދާޅުވީ، އެސްޓީއޯގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައިވެއެވެ.

ބަންކަރިންގެ ޚިދުމަތާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، އިހަވަންދިއްޕޮޅުން ބަންކަރިންގ ޚިދުމަތް ފެށި ނަމަވެސް، މި ވިޔަފާރީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ މާލެ ސަރަހައްދުން ކަމަށެވެ. އެގޮތުން މިހާތަނަށް ބަންކަރިންގ ޚިދުމަތުން 124 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިމާދު ވިދާޅުވީ، ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހެއެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ބަންކަރިންގަ އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކޮލޮމްބޯ ފަދަ ކައިރި ޤައުމުތަކާއި ކޮމްޕީޓުކުރަން ވެެއްޖެއްޔާމު އެތައް ކަމެއް ރަނގަޅުކުރަން ޖެހޭ. އަޅުގަނޑުމެން މިހާރު މިދަނީ މިކަމަށް މަޝްވަރާތައްވެސް ކުރަމުން.” އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެެވެ.

ޝިމާދުގެ ވާހަކައިގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދީފައިވާކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ. މި ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ވަނީ 1،200 ޓަނުގެ ފެން ފޯރުކޮށްދީފައެވެ.

“މިއިން އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެން ބަންކަރިންގެ ޚިދުމަތް ބައިނަލްއަޤުވާމީ ޝިޕިންގ ލައިނަރތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި ބަންކަރިންގެ ޚިދުމަތް ރަނގަޅަށް ދެވެމުންދާކަން.” އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެެވެ.

އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ ބައިނަލްއަޤްވާމީ ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Jaahhh

އެޗްޑީސީގެ އެންގުމަށް ތަބާ ނުވެ ޖާހު އިން ޝަރީއަތަށް

Vaalu

ވާލާއި ކާޅުގެ މައްސަލައަށް ހަލު ހޯދަނީ

Kiiiii

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

Ooop

ނުސުކް ކާޑު ނެތްނަމަ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ނުލިބޭނެ

TTH_Advertisement ELL Mobile Advertisement