ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

“މައި ހުޅުމާލޭ ފެސްޓިވަލް” ކާމިޔާބުކަމާއެކު ނިންމާލައިފި

hdc-festival
“މައި ހުޅުމާލޭ ފެސްޓިވަލް”ގައި ކުރިއަށްގެންދިޔަ ބީޗް ފެސްޓްގެ ތެރެއިން — ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި މީހުން އާބަދުވިތާ 21 އަހަރު ފުރުމުގެ މުނާސަބާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ “މައި ހުޅުމާލޭ ފެސްޓިވަލް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

“މައި ހުޅުމާލޭ ފެސްޓިވަލް” ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު އެ ފެސްޓިވަލް ބާއްވާފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށެވެ.

ހުޅުމާލޭގައި މިއަދު ވަނީ “މައި ހުޅުމާލޭ ފެސްޓިވަލް” ގެ އެންމެ ފަހު ހަރަކާތް ކަމަށްވާ ބީޗް ފެސްޓުގެ ހަރަކާތް ކުރިއަށްގެންގޮސްފައެވެ. އެ ހަރަކާތުގެ ގިނަ އަދަދެއްގެ ޓީމުތަކުން ބައިވެރިވެފައިވާ އިރު، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލު ވެސް ކުޅިވަރުތައް ބައްވަލައިލެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

hdc-festival2
“މައި ހުޅުމާލޭ ފެސްޓިވަލް”ގައި ކުރިއަށްގެންދިޔަ ބީޗް ފެސްޓްގެ ތެރެއިން — ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ފޭސް އެކެއްގެ ބީޗް ސްޓްރެޗްގައި ކުރިއަށްގެންދިޔަ ބީޗް ފެސްޓުގައި ހަ ކުޅިވަރެއް ހިމެނުނެވެ. އެއީ ޕާކް ވޮލީބޯޅަ، ހޭންޑްބޯޅަ، 3އޮން3 ބީޗް ފުޓުބޯޅަ، ވާދެމުން (ޓަގް އޮފް ވޯ)، ކެނޯ ރޭސް އަދި ފަލިޖެހުމެވެ.

މިއަދު ބޭއްވި ބީޗް ފެސްޓުގެ އިތުރުން “މައި ހުޅުމާލޭ ފެސްޓިވަލް” ގެ ތެރެއިން މީގެ ކުރިން ވަނީ ފޮޓޯގްރަފީ ކޮމްޕެޓިޝަން ފެމިލީ ކާނިވަލް، ހުޅުމާލޭ ޑިސްކައުންޓް ވީކް، ހެލްތު ކޭމްޕް، ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް، މަސްރޭސް އަދި ސައިކްލިން ޗެމްޕިއަންޝިޕް ވެސް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

TTH_advertisement ELL Mobile Advertisement