ކުއްލި ޚަބަރު

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވިއްޖެ ނަމަ އިގުތިސާދަށް ފައިދާވާނެ: އިހުސާން

Ihsaan

އަންހެނުން ޑިޖިޓަލީ ބާރުވެރި ކުރެވިއްޖެ ނަމަ އާއިލާތަކަށާއި، މުޖުތަމައަށް އަދި މުޅި އިގުތިސާދަށް ވެސް ފައިދާކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ރާއްޖޭގެ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދު ނޫންކަމަށެވެ. އެހެންނަމަވެސް، ވަކި ބާވަތުގެ ވަޒީފާ އަދި ޚާއްޞަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަން އިހްސާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަކަމަށާއި، މި ފަރަގު އެއްކޮށް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހަމިއްޔަތުކަމަކީ ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަން މުހިންމު ކަމެއްކަމަށް  ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރެވުމަކީ މުޅި ޤައުމަށްވެސް ފައިދާ ކުރާނެކަމެއްކަމަށެވެ.

“ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫން. އޭގެ މާނައަކީ ތަޢުލީމު، ޞިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރިކުރުވުން. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް ފައިދާ ކުރާނެ.” މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުޖުތަމައު އަކީ ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރުވަން މަސައްކަތް ކުރާ މުޖުތަމައު އެއް ކަމަށާއި ނަމަވެސް މިކަމުގައި އަންހެނުންނާއި އަންހެން ކުދިން އެކަހެރިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްނޮލޮޖީއަށް ވާސިލުވުމަށާއި ޑިޖިޓަލް ވަޒީފާތައް އަދި ލީޑަރޝިޕްގައި އެ ފަރާތްތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ތައުލިމު ހާސިލުކުރުމަށް ވަކި ޖިންސަކަށް ތަފާތުކުރުން ނޯންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ފުރުސަތު އެގޮތަށް ފަހިވެފައި އޮތްކަމުުގައިވި ނަމަވެސް ވަކިވަކި ވަޒީފާތަކާއި ހިންގުމުގެ ދާއިރާގައި އަންހެނުންގެ ނިސްބަތް މަދުކަމަށެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުން ވަނީ ދިވެހިރާއްޖެ 2.0ގެ ނަމުގައި ހާއްސަ މަޝްރޫއެއް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

Rtl

އާރުޓީއެލް ހިދުމަތް 5 އަތޮޅެއްގައި ފެށުމަށް ދިރާސާތަކުގެ މަސައްކަތް މި މަހު ފަށަނޭ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީގެ ގޮތުގައި ނުލިބިހުރި 1.2 ބިލިޔަން ރުފިޔާ ހޯދައިފި

ވިހިއަހަރުފަހުން ފުރަތަމަފަހަރަށް ކަބް ސްކައުޓް ސިކްސަރސް ކޭމްޕް ބާއްވަނީ

TTH_advertisement ELL Mobile Advertisement