ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިދިޔަ އަހަރު 2.78 ބިލިއަން ރުފިޔާ ދޫކުރި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިދިޔަ އަހަރު 2.78 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ހާމަކޮށްފިއެވެ.

އެސްޑީއެފްސީއަކީ އެންމެ ކުދި ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ މާލީ އިދާރާއެކެވެ.

އެސްޑީއެފްސީގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައި ހާމަކޮށްފައިވަނީ މިދިޔަ އަހަރު އެ ކޯޕަރޭޝަނުން ކެޕިޓަލް ލޯނުގެ ގޮތުގައި 1.736 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން އެ އިދާރާއިން ކުރިޔަށް ގެންދާ އެޑްމިނިސްޓަރޑް ލޯނުތަކަށް 1.045 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެގޮތުން މިހާތަނަށް އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެއީ 521 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ކޮމާރސް ދާއިރާއިންނެވެ. އެއީ 509.9 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެދާއިރާއިން 647 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އަދި މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ 44 އިންސައްތައަކީ އަތޮޅުތެރެއަށް ދޫކޮށްފައިވާ ލޯނުތައްކަމަށް ވެސް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 1.13 ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި

sdfc

އެސްޑީއެފްސީ އިން އަންހެނުންނަށް ޙާއްސަ ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

sdfc

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement