ކުއްލި ޚަބަރު

ކާމިޔާބު ކަމާއެކު ޓޯޝް ރަން ނިންމާލައިފި، 8959 މީހުން ބައިވެރިވި

އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި

ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދޭން ބަޖެޓްކޮށްފި

އިޓާލިއަން އޯޕަންގެ ފައިނަލަށް ސިނާ އާއި އަލްކަރޭޒް

އިޓަލީގެ ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ޔަނިކް ސިނާ އާއި ކާލޯސް އަލްކަރޭޒް ހޯދައިފި އެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީއަށް އުފަން ޔަނިކް ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި އެމެރިކާގެ ޓޮމީ ޕޯލް އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ކުޅިވަރުގައި މަނާ ބޭހަށް ދެ ފަހަރު މަތިން ޕޮޒިޓިވް ވުމާއި ގުޅިގެން ތިން މަސް ދުވަހުގެ ސަސްޕެންޝަނެއްގައި ހުރުމަށްފަހު މި މަހު އަލުން ކުޅުމުގެ ތެރެއަށް އައި ސިނާ އާއި ދެކޮޅަށް ޓޮމީ ޕޯލް ކުޅުނު މެޗުގެ ފުރަތަމަ ސެޓުން ސިނާ ވަނީ ހައެއް އެކެއްގެ ނަތީޖާއަކުން ބަލިވެފަ އެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓު އޭނާ ވަނީ ހައެއް ސުމެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

މި މެޗުން މޮޅުވެ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ސިނާ ހޯދުމާއެކު އޭނާ ވަނީ 47 އަހަރަށްފަހު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ. އެންމެ ފަހުން އިޓާލިއަން އޯޕަންގެ ފައިނަލުގައި ކުޅެފައިވާ އިޓަލީގެ ކުޅުންތެރިއަކީ 1978 ވަނަ އަހަރުގެ ފައިނަލުގައި އެޑްރިއާނޯ ޕަނޭޓާ އެވެ.

ސްޕެއިންގެ އަލްކަރޭޒް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ލޮރެންޒޯ މުސޭޓީ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިދިޔަ މަހު ނިމިގެންދިޔަ މޮންޓެކާލޯ މާސްޓަރސް އަލްކަރޭޒް ކާމިޔާބުކޮށްފައިވަނީވެސް ފައިނަލުގައި މުސޭޓީ ބަލިކުރުމަށްފަހުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެނިސް ޓީމު ވިއެޓްނާމްއަށް

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ނިންމާލައިފި

ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަންހެން ރިލޭ ޓީމް ލޯ މެޑަލް ހޯދައިފި

އޭޝިއާ އަންހެން ބީޗް ވޮލީބޯޅަ މުބާރާތެއްގެ ކުއާޓާ ފައިނަލްގެ ޖާގަ ދީމާ އާއި އަޒްކާ ޔަގީންކޮށްފި

TTH_advertisement