ކުއްލި ޚަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އެމްޓީީސީސީއާ ހަވާލުކޮށްފި

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެޕެއް ތަޢާރަފުކުރަނީ

ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، އެކުދިންގެ ޝަކުވާތައް ބަލައިގަތުމަށް “ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް”ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން ހަމަޖެއްސުމަށް ޒަމާނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

“އަޅުގަނޑުމެން އެބަ ތައާރަފު ކުރަން އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް. އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް ނުވަތަ ކޮމްޕެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން،” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އެޕް ތަޢާރަފުކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް ޚާއްޞަ ވަޓްސްއެޕް ނަންބަރުތަކެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އޭގެ ފުރަތަމަ ނަންބަރު ތަޢާރަފުކަފުކޮށް، ވަޓްސްއެޕް މެދުވެރިކޮށް ދަރިވަރުންގެ ޝަކުވާތަކާއި ރިކުއެސްޓުތައް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

މި ނަންބަރަށް ޝަކުވާ ހުށަހަޅާ ކުދިންނަށް ވަގުތުން ޖަވާބު ދެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވުމަކީ ވަރަށް ބޮޑަށް ދިމާވާ މައްސަލައެކެވެ.

ނަމަވެސް އެކަމުގެ ކަންބޮޑުވުންތައް މިދިޔަ އަހަރާއި މި އަހަރު ވެސް އިތުރުވެފައިވާއިރު، ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކެއް އެހީއަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރުގެ ފެބްރުއަރީ މަހު ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.

އެ ސިޓީގައި ވަނީ، ސަރުކާރުން ޓޮޕް އަޕް ލޯނަށް ހުޅުވާނުލާ ކަމުގެ ކަންބޮޑުވުމާއި ކޯހުގެ މުއްދަތަށްވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހެންކަމުން އެކަމާ ގުޅިގެން މިނިސްޓަރު މަޖިލީހުގައި މިއަދު ވިދާޅުވީ އެ ކުދިންނާ މިދިޔަ ހަފުތާގައި އޮންލައިންކޮށް ބައްދަލުކުރައްވައި، އެކުދިން ހިއްސާކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

401926 3 eb6c223324d413f525732a1115588769d0cb6448 large

ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

mtcc

“ޔަންމާ ސްޕެއާ ޕްރޮމޯ” ފަށައިފި

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ

TTH_advertisement ELL Mobile Advertisement