އިޓަލީގެ ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެރީކާ ސަބަލެންކާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަޤާމުގައި ހުރި، ބެލަރޫސްއަށް އުފަން ސަބަލެންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގައި 27 ވަނައަށް ސީޑުކޮށްފައިވާ މާޓާ ކޮސްޓްޔުކް އާ ދެކޮޅަށް ކުޅުނު މެޗު 6-1، 7-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސަބަލެންކާ އާ ދެކޮޅަށް ކުޅޭނީ ޗައިނާގެ ކިންވެން ޒެންގް އެވެ.
ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާ އެހެން ކުޅުންތެރިންގެ ތެރޭގައި އެމެރިކާގެ ކޮކޯ ގައުފް އާފް އާއި އިޓަލީގެ ޖޭސްމީން ޕައުލީނީ ހިމެނެއެވެ.
ކޮކޯ ގައުފް މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫ އާ ދެކޮޅަށް ކުޅުނު މެޗު 6-1، 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އަދި ޕައުލީނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވަނީ ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯ އާ ދެކޮޅަށް ކުޅުނު މެޗު 7-5، 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.