ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބްރޯޑްކޮމްއަށް ޒީނާ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

Zee

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އެ މަނިކުފާނު ނަންތައް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާ ކުރުމަށްފަހު މަޖިލީހުން ތައްޔާރު ކުރި ރިޕޯޓުގައި އެންމެ މަތިން މާކްސް ދީފައި ވަނީ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ޒީނާ އަށެވެ. އޭނާއަށް 85.13 ޕަސެންޓު ކޮމިޓީން ދީފައިވެއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރަން ފެންނަ މެންބަރުންގެ ނަންތައް އިސްކަންދޭ ތަރުތީބުން ރައީސް ފޮނުއްވިއިރު، އެ ލިސްޓުގެ އެއްވަނައިގައި އޮތީ އައިމިނަތު ޝިޔާނާ، މ. ފަތަހަ، ގެ ނަމެވެ. ޒީނާގެ ނަން އޮތީ ހަތަރުވަނައިގައެވެ. ނަމަވެސް އެ ނަންތައް ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓުގައި އޭނާއަށް ދީފައި ވަނީ 83 ޕަސެންޓެވެ. އެއީ ކޮމިޓީން ޕޮއިންޓު ދިން ގޮތަށް ބަލާއިރު ދެވަނައެވެ.

އެ ލިސްޓުގެ ތިންވަނައިގައި 82 ޕަސެންޓު ލިބިގެން ޝިމްލާ އަހުމަދު އޮތްއިރު، ހަތަރު ވަނަައިގައި އޮތީ 81 ޕަސެންޓު ލިބުނު މޫސާ ރިލްވާންއެވެ. އެންމެ ދަށުން މާކްސް ލިބިގެން ފަސްވަނައިގައި އޮތީ 77.50 ޕަސެންޓު ލިބުނު ޒަމްއަތު އަހުމަދު ވަހީދުއެވެ.

އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވަން ފާސްކުރީ މިއަދު ދުވަހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އޭގެތެރެއިން ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނު ކުރާނެ މެންބަރަކު ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. ތަޅުމުގައި ވޯޓަށް އަހާނީ އެންމެ މަތިން ޕޮއިންޓު ލިބުނު ތަރުތީބުންނެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ތަޅުމަށް ނުފޮނުވަން ކޮމިޓީން ނިންމީ އަލީ ޔޫސުފް އާއި އިބްރާހިމް އަޝްރަފް އަދި މުހައްމަދު ޝަމީމްގެ ނަމެވެ. ތަޅުމަށް ފޮނުވާ ބޭފުޅުންގެ ލިސްޓުގައި އެ ނަންތައް ނުހިމެނުނީ 75 ޕަސެންޓަށް ވުރެ ދަށުން އެ ބޭފުޅުންނަށް ޕޮއިންޓު ލިބުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement