ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ހައްޖުވެރިންގެ ޑެބިޓު ކާޑުތަކުގެ ލިމިޓަށް 1،750 ޑޮލަރު އިތުރުކޮށްދޭން ރައީސް އެދިވަޑައިގެންފި

މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވަމުންދާ ދިވެހި ހައްޖުވެރިންނަށް ޑޮލަރުގެ އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެދިވަޑައިގަންނަވާފައއެވެ. މިގޮތުން، ހައްޖުވެރިންގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް 1,750 ޑޮލަރު އިތުރުކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މިއަދު އިޖުތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި އަހަރުގެ ހައްޖުވެރިންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ފަސޭހަ މަގެއް ތަނަވަސްކޮށްދިނުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށެވެ. އަދި މިކަމަށްޓަކައި، ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑުގެ މިހާރުގެ ޑޮލަރު ލިމިޓަށް 1,750 ޑޮލަރު އިތުރުކުރުމަށް ބޭންކުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

މީގެ ކުރިން، ރަމަޟާން މަހު އުމްރާއަށް ވަޑައިގެންނެވި ފަރާތްތަކަށް ޑޮލަރު ލިބުމުގައި ދިމާވި ދަތިތައް ޙައްލުކުރުމަށްޓަކައި، އުމްރާވެރިންގެ ޑެބިޓް ކާޑުތަކަށް 1,500 ޑޮލަރުގެ ލިމިޓެއް އިތުރުކޮށްދިނުމަށް ރައީސް އެދިވަޑައިގަތުމުން، ބީއެމްއެލްއިން އެކަން ތަންފީޛުކޮށްދީފައިވެއެވެ.

ރައީސްގެ މިއަދުގެ ޕޯސްޓުގައި، ރައްޔިތުންގެ ބޭންކެއްގެ ހައިސިއްޔަތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެ މުއައްސަސާއަށް ޝުކުރު ދަންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 12 22 at 16.04.57

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި، ފައިނޭންސް ރޯޑްމެޕް އިފްތިތާހުކޮށްފި

Tholal

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތު ލިބުމަކީ ލިބޭފަހި ފުރުސަތެއް: ޠަލާލު

ރައްޔިތުންނަށް ލުއިތައްދެމުންދަނީ އިގުތިސާދަށް ގެއްލުން ނުވާގޮތަށް ރަނގަޅަށް ބަލައިގެން: ރައީސް

TTH_advertisement