ކުއްލި ޚަބަރު

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ނިންމައިފި

azmiralda-mahaz
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު — ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ޖުޑީޝަރީ ކޮމިޓީން ދަނީ ކުރަމުންނެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ހުށަހެޅުން ފާސްކުރުމަށް ވޯޓު ދެއްވީ ހަމައެކަނި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އެހެންކަމުން އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.

އެ ހުށަހެޅުމުގެ ކުރިން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ އިޖުރާއީ ކަމެއް ފާހަގަނުކުރެވޭތީ، ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް މައްސަލަ މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ހުށަހެޅުއްވުމަށް މިއަދުގެ ބައްދަލުވުމުގައި ވޯޓަށް އަހައިފައެއް ނުވެއެވެ.

އޭގެ ފަހުން ޝާހިދު ހުށަހެޅުއްވި ދެވަނަ ހުށަހެޅުއްވުމަކީ ބައްދަލުވުން ނިންމާލުމަށެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން ވޯޓު ދެއްވިއެވެ.

ޖޭއެސްސީން ބުނެފައިވަނީ، މި އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.

މި ދެ ފަނޑިޔާރުންގެ އަމަލަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ބައެއް މާއްދާތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl

ނޮޅިވަރަމް ސްޕޯޓްސް ކޮމްޕެލްކްސްގެ އެއްބަސްވުމުގައި ސޮއިކޮށް، ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

B 202509030730381756909838.3502

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

112

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

112

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

TTH_advertisement ELL Mobile Advertisement