ކުއްލި ޚަބަރު

މަޖިލީހުން ނިންމީ މިނިސްޓަރު އަމީންގެ އިތުބާރު އޮތްކަމަށް

ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި

ސައިކަލެއްގެ މަޑިދަށުން ވައްކަންކުރި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

“މޯލްޑިވްސް 2.0” އަކީ ސިޔާސީ ކުރުމުގެ ބަދަލުގައި ގައުމީ ތަރައްގީއަށް އެންމެން އެއްބާރުލުންދޭން ޖެހޭ މުހިންމު މަސައްކަތެއް: ސައީދު

Saeeed

ސަރުކާރުގެ “މޯލްޑިވްސް 2.0” މަޝްރޫއަކީ ސިޔާސީ ކުރުމުގެ ބަދަލުގައި ގައުމީ ތަރައްގީއަށް ޓަކައި ހުރިހާ ފަރާތްތަކުން އެއްބާރުލުންދޭން ޖެހޭ މުހިންމު މަސައްކަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން މުޅި ގައުމަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، “ބިއުރޮކްރަސީ”ގެ ސަބަބުން ނިޒާމުގައި ހުރި އުނދަގޫތައް ނައްތާލުމަކީ ތަރައްގީއަށް ރާއްޖެ ކުރާ މަސައްކަތުގައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

އެގޮތުން އެ ކަންކަމުގައި ދުނިޔޭގައި ނަމޫނާ ދައުރެެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިއްމަވައި އެކަން ތަންފީޒުކުރަން “މޯލްޑިވްސް 2.0″ގެ ނަމުގައި ފެއްޓެވީ މުހިއްމު ގައުމީ މަސައްކަތްޕުޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، 2040ވަނަ އަހަރު އައްނަންވާއިރު ހުރިހާ މާނައެއްގައި ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވީ ވަރަށް ވެސް ބޭނުންތެރި މަސައްކަތެއް ކަމަށް ސައީދު ވިދާޅުވިއެވެ.

“2040 ވަނަ އަހަރު އަންނަންވާއިރު ހުރިހާ މާނައެއްގައި ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މި މަސައްކަތަކީ ވަރަށް ވެސް ބޭނުންތެރި މަސައްކަތެއް. މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާވުމުގެ އިތުރަށް ވިޔަފާރި އާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިގްތިސާދަށް ގިނަ ފައިދާތަކެއް ކުރާނެ.” ސައީދު ވިދާޅުވިއެވެ.

މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ގައުމީ ތަރައްގީއަށް އެއްބާރުލުންދީ މަރުހަބާކިޔުމަކީ މުޅި ގައުމަށް ލިބިގެންދާނޭ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Whatsapp image 2025 05 15 at 19.01.56 aca78a29 1024x682

މާފުށީ ޖަލުގެ ގައިދީންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ފަށައިފި

Gq lvemaaaaeo a

މަޖިލީހުން ނިންމީ މިނިސްޓަރު އަމީންގެ އިތުބާރު އޮތްކަމަށް

Gq a44ewyaaurut

ޑަބްލިޔުޑީސީގެ ރައީސާ ރައްޔިތުން އިންތިހާބުކުރާގޮތަށް ގާނޫނަށް ބަދަލު ގެންނަނީ

Sauu

ސިފައިންގެ މަސައްކަތްތަކުން ރައްޔިތުންނަށް އޮންނަ ލޯބި ހާމަވޭ: ރައީސް

Mulhiraajje
TTH_Advertisement ELL Mobile Advertisement