ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ވޯޓުލުން ނޫން ކަންކަން ޑިޖިޓަލައިޒް ކުރުމަކީ ރައީސްގެ އިޚްލާސްތެރިކަން: އާދަމް ޝަރީފް

Muizz

ވޯޓުލުން ނޫން ކަންކަން ޑިޖިޓަލައިޒް ކުރުމަށް ނިންމެވުމުން ދައްކުވައިދެނީ ރައީސްގެ އިޚްލާސްތެރިކަން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ މޯލްޑިވްސް 2.0 އަކީ އީވޯޓިން ތައާރަފްކޮށް ރިޔާސީ އިންތިޚާބު ވަގަށް ނަގަން ކުރަން އުޅޭ ކަމެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ތުހުމަތުކުރައްވާފައި ވަނިކޮށެވެ.

މޯލްޑިވްސް 2.0 ޕްރޮގްރާމަށް އިޝާރާތް ކުރަށްވަމުން ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެފައިވަނީ، ވޯޓުލުން ފިޔަވައި އެހެނިހެން ކަންކަން ޑިޖިޓަލައިޒް ކުރުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވުމަކީ ޤައުމު ތަރައްޤީ ކުރެއްވުމަށް އެޅުއްވި އިޚްލާސްތެރި ފިޔަވަޅެއް ކަމަށެވެ.

“ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ކޮރަޕްޝަން މަދުކުރެވޭނެ، ހިންގުން އަވަސް ކުރެވޭނެ، ޓްރާންސްޕޭރެންޓް ކުރެވޭނެ، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ.” ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިބަދަލުގެ ސަބަބުން ސަރުކާރުގެ އޯވަރހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

TTH_advertisement ELL Mobile Advertisement