ކުއްލި ޚަބަރު

ލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ

ޕާކިސްތާނުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ގާތުންދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މޫސުމާ ބެހޭ އިދާރާ

ޔުމްނު ބުނަނީ ބަޔަކު އޭނާ ވައްޓާލީ ކަމަށް!

p-crime
ރައުދު(ކ) އާއި އިމާރާތުން ވެއްޓުނު ޔުމްނު(ވ) —

މިިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު ބަޔަކު ވައްޓާލީ ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފިއެވެ.

ޔުމްނުގެ އާއިލާއިން މިރޭ ދިން ވީޑިއޯ މެސެޖެއްގައި ޔުމްނުގެ ދައްތައަކު ޔުމްނުއާ ހަވާލާދީ ބުނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ މީހެއްގެ ދައުވަތަކަށް ކަމަށާއި އެއީ އެ މައްސަލައިގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތެއް ކަމަށެވެ.

“ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދިން ގޮތުގައި ޔުމްނު އަމިއްލައަށް ވެއްޓުނީކީ ނޫން. ރައުދުގެ އިތުރުން، އެ ގޭގައި އިތުރު ހަތަރު މީހަކު އުޅުނު،” ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނީ ރައުދު އަހުމަދު ޒިލާލްގެ އިތުރުން ޔައްސާރާއި އިތުރު ތިން މީހަކު ޔުމްނު ވައްޓާލުމުގައި ބައިވެރިވި ކަމަށެވެ. އަދި އެ ގެއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވަނީ ހަމައެކަނި ރައުދުއެވެ. ދެން ހިމެނޭ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Shua

ޒުވާން ޚަތީބުންގެ ތިންވަނަ ބުރަށް 283 ޒުވާނުން ކުރިމަތިލައިފި

ޮ3888

މެރިކަލްޗާ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް: ޝިޔާމް

Ghgh

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އޭޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފި

Img 20250509 wa0102

“ކާނޭ އެއްޗެއް ނުލިބިވެސް މަރު، ހަމަލާތަކުގައިވެސް މަރު” 

Mulhiraajje
ELL Mobile Advertisement TTH_Advertisement