ކުއްލި ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މޫސުމާ ބެހޭ އިދާރާ

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް، ޕާކިސްތާނުން އިންޑިއާއަށް: ޕާކިސްތާނުގެ މެސެޖެއް އޮވެދާނެ

ފުލުހުންގެ ކޮލެޖުގެ ދަރިވަރުންނަށް ޒަކާތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ޒަކާތަށް ސަރުކާރު މުވައްޒަފުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންގައި 177 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި މި ސެޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ އިލްމީ ނަޒަރުން ކަންކަމާމެދު ވިސްނައި، ދިރާސާއާއި ތަޖުރިބާގެ އަލީގައި ނިންމުންތައް ނިންމާ ސަގާފަތެއް ގެންގުޅޭ ބަޔަކަށް ހެދުމުގެ ބޭނުމުގައި ތަފާތު އިލްމީ މައުލޫތަކަށް މައުލޫމާތު ދިނުމަށް އާންމުކޮށް ބާއްވާ ފޯރަމްގެ ތެރެއިންނެވެ. މި ސެޝަން ފެށުމުގެ ކުރިން ވާހަކަފުޅުދ ދައްކަވަމުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ރަނާ ވަޙީދު، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޝުކުރު އަދާކުރައްވާފައެވެ.

ޒަކާތާއި ގުޅޭ މި ސެޝަންގައި މައުލޫމާތު ދެއްވީ ޒަކާތު ހައުސްގެ ޕޮލިޓިކަލް ޑިރެކްޓަރ ޝައިޚް މުޙައްމަދު ނައުޝީރު އާއި ފަންޑު މެނޭޖަރ އަބްދުﷲ ޢަލީއެވެ. މި ސެޝަންގައި ޒަކާތު ހައުސްގެ މަސައްކަތްތަކާއި، ޒަކާތް އެންމެ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމް އަދި ޒަކާތުގެ ޙުކުމްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

މި ސެޝަނަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން ކަމުގައިވާ ޒަކާތާ ބެހޭގޮތުން ފުލުހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ. އެގޮތުން، މުދާ ޠާހިރުކުރުމާއި، މުޖުތަމައުގެ ފަގީރުންނާއި މުއްސަނދިންގެ ދެމެދުގައިވާ ތަފާތު ކުޑަކުރުމާއި، މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ސެޝަނުގައި މައުލޫމާތު ދީފައިވެއެވެ. އަދި މުދަލުގެ ޒަކާތަކީ ކޮބައިކަމާއި އޭގެ މުހިންމުކަން، މުދަލުގެ ޒަކާތް ނެގުމުގައި އަމަލުކުރާނެ ގޮތް އަދި ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ނިޒާމާ ގުޅޭ ތަފްސީލީ މައުލޫމަތު ހިއްސާކޮށްފައިވެއެވެ.

ކުރިއަށް އޮތްތަނުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ޒަކާތު ހައުސް ގުޅިގެން އިތުރު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ކޮންމެ އަހަރަކު ހާއްސަ ލެކްޗަރ ސީރީޒެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިގޮތުން، ފުލުހުންގެ މެދުގައި އިސްލާމީ މާލީ ޒިންމާތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Goe0numxoaagbar

ޕޮލްކޯގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުން މިއަދުވެސް ސިއްރު

p-crime

ޔުމްނު ބުނަނީ ބަޔަކު އޭނާ ވައްޓާލީ ކަމަށް!

naveen-police

ފުލުހުންނަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވާނެ، އެކަމަކު ނިންމުންތައް ނިންމުމަށް އަވަސް އަރުވާލައިގެން ނުވާނެ: ނަވީން

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މޫސުމާ ބެހޭ އިދާރާ

Mulhiraajje
TTH_Advertisement ELL Mobile Advertisement