ކުއްލި ޚަބަރު

އެމްޑީޕީގެ އެކްޓިވިސްޓް ޝިމަންގެ ފޯނު ހިފަހައްޓައިފި

ގެދޮރުވެރިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފި

ޖަރުމަނުގެ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ: އަމީން

Qwdui

ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސައުދުﷲ ވަނީ ކާޑެއްދޫ އެއާޕޯޓް ތަރައްޤީކޮށް އިންޓަނޭޝަނަލް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދިވަޑައިގެން ސުވާލުކުރައްވާފައެވެ.

އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައްޔިތުންނާއި ސަރުކާރުން އެދިވަޑައިގެންފި ކަމަށްވާނަމަ އެއްވެސް އަގެއް ނުނަގައި އެއާޕޯޓް ސަރުކާރާ ހަވާލުކުރައްވާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވިކަމަށް ސައުދުﷲ ވިދާޅުވިއެވެ. އެހެންކަމުން އެއާޕޯޓް ތަރައްޤީކުރުމަށް ނިންމަވާފައިވަނީ ވިލާ އެއާއާއެކު ތޯ ނުވަތަ ވަކިން ތޯ ވެސް ސުވާލުކުރެއްވިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ ކޯޓު މަރުހަލާގެ ތެރެއިން ވިލާ އެއާ އާ ހަވާލުކުރެވިފައިވާ އެއަރޕޯޓެއް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަން ހައްލުވެގެންދާނެ ކަމަށެވެ.

“ކާޑެއްދޫ އެއަޕޯޓް ތަރައްޤީކުރުމާ ގުޅޭގޮތުން ސަރުކާރުގެ ޕްލޭނާއި ވިސްނުންފުޅާއި ތަސައްވުރު ރައީސް ވާނީ ހިއްސާ ކުރައްވާފައި. އަޅުގަނޑުމެން މިހާރު އެއަރޕޯޓް ހަވާލުކޮށްފައިވާ ފަރާތާއެކު ޑައިލޮގްތަކެއް އެބަ ކުރިއަށް ގެންދަން އެއަރޕޯޓް ތަރައްޤީކުރުމަށް.” މިނިސްޓަރު ވިދާޅުވިއެވެ.

އެއްވެސް ފީއަކާ ނުލާ ސަރުކާރަށް އެއަރޕޯޓް ދޭނެ ކަމަށް ޤާސިމް ވިދާޅުވި ވާހަކައާ ގުޅިގެން އަމީން ވިދާޅުވީ ރަސްމީ އެއްވެސް ސިފައެއްގައި ފީ އަކާއި ނުލާ ސަރުކާރާ އެއާޕޯޓް ހަވާލުކުރައްވާނެ ކަމަށް ޤާސިމް އަދި ވިދާޅުނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގެ ކީވޯލްގެ މަސައްކަތް ނިންމައިފި

ސްކޭމުން ގެއްލުނު ތިން ލައްކަގެ ތެރެއިން ދެލައްކަ ހޯދައިފި

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ހޮވައިފި

Mal

އެމްޑީޕީގެ އެކްޓިވިސްޓް ޝިމަންގެ ފޯނު ހިފަހައްޓައިފި

TTH_advertisement