ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ޖަރުމަންގެ އައު ޗާންސެލަރަށް ރައީސްގެ މަރުޙަބާ

ޖަރުމަންވިލާތުގެ އައު ޗާންސެލަރކަމަށް އިންތިޚާބު ވެވަޑައިގެންނެވި ފްރީޑްރިކް މާޒްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރުގެ މަޤާމަށް ފްރީޑްރިކް މާޒްއަށް މަރުހަބާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ރާއްޖެއިން ޖަރުމަންވިލާތާއެކު އޮންނަ ގާތް އެކުވެރި، ގުޅުން ބަލައިގަންނަ ކަމަށެވެ. އަދި އެ ޤައުމާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދެ ޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް އައު ޗަންސެލަރުގައި ދައުރުގައި ފުރުސަތު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖަރުމަންވިލާތުގެ އައު ޗާންސެލަރކަމަށް ފްރީޑްރިކް މާޒް އިންތިޚާބުވީ އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގައި ދެ ބުރަށް ވޯޓުލައިގެންނެވެ. ފުރަތަމަ ބުރުގައި އޭނާއަށް މަޤާމަށް އިންތިޚާބުވުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަނުވެއެވެ. ނަމަވެސް ދެވަނަ ބުރަށް ވޯޓުލައިގެން އޭނާ ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

އެ ޤައުމުގެ ޗާންސެލަރުކަމަށް އިންތިޚާބު ވުމަށް، މަޖިލީހުގެ 630 ވޯޓުގެ ތެރެއިން 316 ވޯޓު ކާމިޔާބުކުރަން ޖެހެއެވެ. އޭނާއަށް ފުރަތަމަ ބުރުގައި ލިބުނީ 310 ވޯޓެވެ. ނަމަވެސް ދެވަނަ ބުރުގައި އައު ޗާންސެލަރ ފްރީޑްރިކް މާޒްއާއި އޭނާ ކޯލިޝަނުން ވަނީ 328 ގޮނޑި ކާމިޔާބުކޮށްފައެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރކަމަށް ހޮވާ މީހަކުގެ ނަން އެ ޤައުމުގެ މަޖިލީހަށް ފޮނުވަނީ އެ ޤައުމުގެ ރައީސްއެވެ. އޭގެ ފަހުން ސަރުކާރެއް އެކުލަވާލުމަށް އެ މީހަކު މަޖިލީހުގެ ދެ ބައިކުޅަ އެއްބައިގެ އަޤުލަބިއްޔަތު ކަށަވަރު ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަންވިލާތުގެ ފަތުރުވެރިން އިތުރުކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ ވާހަކަފުޅު ބާއްވަވައިފި

453750 70fcf7f4 c

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

TTH_advertisement