ކުއްލި ޚަބަރު

ޔަމަނުން ދީފާނޭ ރައްދު ހަމަލާއަކަށް މުޅި އިސްރާއީލު ކުއްލި ހާލަތަށް ގެނެސްފި

ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާވަނީ ފެނިފައި، ހާލު ރަނގަޅު

ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި

ރައީސް ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

ސިންގަޕޫރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ ނިމިގެންދިޔަ އާންމު އިންތިޚާބުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ލޯރެންސް ވޮންގްއާއި، ޕީޕަލްސް އެކްޝަން ޕާޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.

އަދި މި ކާމިޔާބީއަކީ ސިންގަޕޫރުގެ ރައްޔިތުން، ބޮޑުވަޒީރު ވޮންގްއަށް ކުރާ އިތުބާރުގެ ބޮޑުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިންގަޕޫރަށް ޚިދުމަތްކުރެއްވުމުގައި ބޮޑުވަޒީރު ލޯރެންސް ވޮންގް، ދައްކަވަމުންގެންދަވާ ހިތްވަރާއި ސާބިތުކަމަށް ތަޢުރީފުކުރައްވައި، ސިންގަޕޫރުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ ކާމިޔާބީ ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުންވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓްގައި، ބޮޑުވަޒީރު ލޯރެންސްގެ ޒަޢާމަތުގައި، ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

400628 ffcc7455 b

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް: ނައިބު ރައީސް

Sge

އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

Viluntheri 945x630

ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރުމުގެ ގައިޑްލައިން އާއްމުކޮށްފި

Hulhumaale drag keys 5d0b3bb4e7

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

Mulhiraajje
ELL Mobile Advertisement TTH_Advertisement