ކުއްލި ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓު

އިންޑިޔާއިން ޕާކިސްތާނަށް މިސައިލް ޙަމަލާއެއް ދީފި

ހުޅުމާލެއިން ހިނގާފައި ވީއައިއޭއަށް ވަންނަން ދިޔަ މީހަކު ފުލުހުން ހިފަހައްޓައިފި

އެމެރިކާ ސިފައިންނާއެކު ދިވެހި ސިފައިން ތަމްރީނެއް ފަށައިފި

Ammm

ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް “ބްލެކް މަރލިން” ގެ 5 ވަނަ އެޑިޝަން ފަށައިފިއެވެ.

އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއެވެ.

މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް “ބްލެކް މަރލިން” ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ ޕްރޮގްރާމް (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔޫއެސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް އަދި އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދުގެ އިތުރުން ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ކުރިމަތިލުން ފެށީ އިންޑިއާއިން، ނަތީޖާގެ ޒިންމާ އުފުލަންޖެހޭނީވެސް އިންޑިއާއިން: ޕާކިސްތާން

Qwdui

ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ: އަމީން

632j

ވިލިނގިލީ ކައުންސިލަށް ފަޅު ރަށެއް ހޯދަން މަޝްވަރާކޮށްފި

Qo

ބޮޑެތި ތަހުގީގުތަކާ ގުޅޭ މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Mulhiraajje
ELL Mobile Advertisement TTH_Advertisement