ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީ އިން ނިމްމައިފި

27

ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ، މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެފައިވާތީ ކަމަށެވެ.

ޖޭއެސްސީން ބުނެފައި ވަނީ މި ދެ ފަނޑިޔާރުންގެ ޢަމަލަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް މާއްދާތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށެވެ.

ޖޭއެސްސީން އަޒްމިރަލްދާގެ މައްޗަށް ކުރަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތުހުމަތެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ޖޭއެސްސީގެ މި އަހަރުގެ 18 ވަނަ ޖަލްސާގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ޖޭއެސްސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

Ii

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިި

TTH_advertisement