ކުއްލި ޚަބަރު

ޓޫރިޒަމް ކުރިއަށް ނުދާ ފަސް އަތޮޅަށް ޓޫރިޒަމް ފުޅާކުރަން ބޮޑު ލުޔެއް ދެނީ

ޝިމަން އާއި މަހުޒޫމް ބަންދުން ދޫކޮށްލައިފި

ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިދާ ރައްޔިތުންނަށް ދެނީ

ޖުޑިޝަރީއަށް ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ، ނުވެސް ފޯރުވާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާކަން އަދި ކުރިމަގުގައިވެސް އެފަދަ ޢަމަލެއް ނުހިންގަވާނެކަން ޔަޤީންކަމާއެކު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މި ބަސްފުޅުތައް ވިދާޅުވެފައިވަނީ، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެވެމުންދާ ވާހަކަތައް ކަނޑައެޅިގެން ދޮގުކުރައްވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަންކުރެއްވުމުގައި ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރައްވާކަމާއި، އެ ފަރާތްތަކަށް އަބަދުވެސް އިރުޝާދު ދެއްވަނީ ޤާނޫނާ އެއްގޮތަށް މަސައްކަތްކުރެއްވުމަށްކަން ހާމަކުރެއްވިއެވެ.

“އެއްވެސް ފަނޑިޔާރަކަށް އަޅުގަނޑުގެ ފަރާތުން ނުފޫޒު ފޯރުވިކަމަށް ބުނުމުގެ ފުރުޞަތެއް ނޯންނާނެ. އަދި ކޯޓުތަކުން ކުރާ ޙުކުމްތަކާ ގުޅޭގޮތުން އެއްވެސް ބެއްލެވުމެއް ނުގެންގުޅުއްވާކަން” ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްސަލައަށްވެސް އިޝާރާތްކުރައްވައި، އެ މައްސަލައަށް އަދި އެހެން އެއްވެސް ފަރާތެއްގެ މައްސަލައަކަށް ނުފޫޒު ނުފޯރުއްވާނެކަން ކަށަވަރުކޮށްދެއްވިއެވެ. އަދި ރައީސް ޔާމީނަށް ކުރައްވާ އިޙްތިރާމް ފާހަގަކުރައްވައި، 2018 ގެ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރެއްވި ގޮތާއި، ރައީސް ޔާމީން ޖަލަށްލެއްވުމާ ގުޅިގެން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު ހިނގި ވާހަކަތައް ހިއްސާކުރެއްވިއެވެ.

ރައީސް މުޢިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާތަބުކުރެއްވި ދެންނެވުމުގައިވެސް، ޝަރުޢީ ދާއިރާގެ މިނިވަންކަން ހިމާޔަތްކުރައްވާނެކަމާއި، ސިޔާސީ ބޭނުންތަކަށް މީހުން ހައްޔަރުކުރުމުގެ ޢަމަލުތައް ނިމުމަކަށް ގެނެސްފައިވާކަން އިޢުލާންކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ސައިކަލެއް ވަގަށް ނަގައިގެން ދުއްވިކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާކުރަން ތައްޔާރުވަނީ، އެމެރިކާގެ ޑިފެންސް މިނިސްޓަރުވެސް އިސްރާއީލަށް ދަނީ

ޕީއޭޕީން ވިދިވިދިގެން 14 ވަނަ ފަހަރަށް އިންތިޚާބު ކާމިޔާބުކޮށްފި

އަލް އަހްލީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

Mulhiraajje
ELL Mobile Advertisement TTH_Advertisement