ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ފާއިޒު ސަސްޕެންޑުކޮށްފި

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ވަޒީރު އާދަމް ނަސީރު ނޮޅިވަރަމް ކައުންސިލާ ބައްދަލުކުރައްވައިފި

Nne

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލާ ބައްދަލުކުރެއްވައިފިއެވެ. މި ބައްދަލުވުމުގައި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދާއި، ކައުންސިލްގެ ނައިބު ރައީސް މުޙަންމަދު ޙުސައިނާއި، ސެކްޓްރެޓެރީ ޖެނެރަލްގެ އިތުރަށް ކައުންސިލްގެ އެހެން ދެ ބޭފުޅަކު ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މި ވުޒާރާގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ނޮޅިވަރަމުގައި ހުރި ބައެއް ތަރިކަތަކުގެ ޙަލަތާ ދެނެގަތުމާއި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމުގެ މައްޗަށެވެ.

މި ގޮތުން އެ ރަށަށް ނިސްބަތްވާ ބައެއް މާނަވީ ތަރިކައާއި މާއްދީ ތަރިކައާއި އަދި ޠަބީޢީ ތަރިކައިގެ މައްޗަށް ވާހަކަ ދެކެވުނެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ނޮޅިވަރަމް ކައުންސިލާ މިވުޒާރާއާ ގުޅިގެން ކުރެވެން ހުރި މިފަދަ މަސައްކަތްތަކަށް މި ވުޒާރާގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙަންމަދު މުޢިއްޒު ރާއްޖޭގެ އާސާރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަނޑައަޅުވައިފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި ޢިލްމީ މަފުހޫމުތަކުން ތަރިކައާއި ދިވެހިވަންތަކަން އެއް ޖީލުން އަނެއް ޖީލަށް ރައްދުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ނޮޅިވަރަމް ގައިހުރި އެފަދަ ތަންތަނަށް ވެސް ޚާއްޞަ އިސްކަމެއް ދީގެން މި ދައުރުގެ ތެރޭގައި މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އެ ގޮތުން ވުޒާރާއިން މިހާރު ފަށަން ތައްޔާރުވަމުންދާ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަޝްރޫޢާއި، ރަށްވެހިި އާސާރުތައް ބިނާކުރުމުގެ މަޝްރޫޢާއި ތަރިކަވެރީން ތަމްރީނުކުރުމުގެ މަސައްކަތް ފާހަކުރައްވައި އެ ކަމުގައި މުޅި ރާއްޖޭ ޝާމިލުވެގެންދާއިރު ނޮޅިވަރަމް ކައުންސިލާއި ރައްޔިތުންގެ އެއްބާރުލެއްވުން އެދޭކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ވަޒީރު އާދަމް ނަސީރު ޝަރުޖާއަށް ފުރާވަޑައިގެންފި

އިސްލާމީ ކުތުުބުޚާނާތައް ބިނާކުރުމަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލައިދޭނެކަމެއް: އާދަމް ނަސީރު

މާދަރީ ބަހަކީ އެބައެއްގެ ދެމިތިބުމާ ގުޅިފައި އޮތް އެއްޗެއް: މިނިސްޓަރ އާދަމް ނަސީރު

TTH_advertisement