ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

އިޒްރޭލުގެ މައްސަލައިގައި އައިސީޖޭގެ އަޑުއެހުމެއްގައި އުޝާމް ބަޔާނެއް ދެއްވަނީ

399556 3 b513b18d0ab6ac90d51776e74738f8a063c8dcec large
ބަންޑާރަ ނައިބު އަހުމަދު އުޝާމް — ފޮޓޯ: ރައީސް އޮފީސް

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުން އަންނަ މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބަޔާނެއް ދެއްވާ ގޮތަށް ނިންމަވައިފިއެވެ.

އޭޖީ އޮފީހުން ބުނީ، ފަަލަސްތީނު މައްސަލައިގައި އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި މިހާރު ކުރިއަށްގެންދާ އަޑުއެހުންތަކުގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު އުޝާމް މާދަމާ އެ ކޯޓަށް ހާޒިރުވެ، ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންދާ އިންސާނީ އެހީތެރިކަމަށް އިޒްރޭލުން ހުރަސްއެޅުމަށް ކުރާ ކަންކަމާ ގުޅޭ މައްސަލައެއް މިހާރު އައިސީޖޭގައި ކުރިއަށްދެއެވެ.

އެ މައްސަލަ އައިސީޖޭއަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އައިސީޖޭއަށް ލިޔުމުންވެސް ރާއްޖެއިން ވަނީ ބަޔާން ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

66

ބަންޑާރަ ނައިބު އުޝާމް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

Img 8698

މީޑިއާ ބިލް އަނބުރާ ގެންދާކަށް ނުޖެހޭ، އިސްލާހު ކުރެވިދާނެ: އުޝާމް

TTH_advertisement