ކުއްލި ޚަބަރު

ރައުދުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

ޔުމްނު ވެއްޓުނު މައްސަލައިގައި މިނިސްޓަރު އަމީންގެ ނުފޫޒު އޮތްކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލަނީ

އެހީ އެތެރެކުރުން ހުއްޓުވާފައި އޮންނަތާ 60 ދުވަސް: ޣައްޒާގެ އާންމުން ބަނޑަށްމަރުވާން ފަށައިފި

ޔުމްނު ކުރަންޖެހުނު އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބު: އާއިލާ

18 އޭޕްރީލް 2023 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި އިމާރާތެއްގެ މައްޗަށް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ހައްވާ ޔުމްނާ ރަޝީދުގެ ފަރުވާއަށް ކުރަންޖެހުނު އެންމެ ނާޒުކު އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް އޭނާގެ ޢާއިލާއިން މަޢުލޫމާތު ދެއްވައިފިއެވެ.

21 އަހަރުގެ ޔުމްނާ މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ މެލޭޝިއާގެ ޞިއްޙީ މަރުކަޒެއްގައެވެ. އޭނާގެ ޢާއިލާގެ ފަރާތުން، ޔުމްނާގެ ޅިޔަނު މުޙައްމަދު މުއުމިން ވިދާޅުވި ގޮތުގައި، ޔުމްނާގެ ކަނދުރާ ސަރަޙައްދުގެ މައިބަދައިގެ ސީ7 ކަށިގަނޑުގައި އުފެދިފައިވާ ރެނދު ފަރުވާކުރުމަށްޓަކައި މުހިންމު ޚާއްސަ އޮޕަރޭޝަންއެއް ކުރެވިފައިވެއެވެ.

މި ސާޖަރީ ފެށިފައިވަނީ މެންދުރުފަހު 15:00 ގައި ކަމަށާއި، ސާޖަރީ ވަގުތު 5 ގަޑިއިރަށްވުރެ އިތުރުވެފައިވާ ކަމަށް މުއުމިން ހާމަކުރެއްވިއެވެ. އަދި މިއީ ޔުމްނާގެ ފަރުވާގެ ތެރެއިން އެންމެ ކްރިޓިކަލް އޮޕަރޭޝަން ކަމަށާއި، މިފަދަ ނުރައްކާތެރި އޮޕަރޭޝަން އެއް އިތުރަށް ކުރަން ނުޖެހޭނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްދާނަމަ، ކުރު މުއްދަތެއްގެ ތެރޭގައި ޔުމްނާއަށް އިށީނދެވޭ ވަރުވާނެ ކަމަށް މުއުމިން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޔުމްނާ ވެއްޓިފައިވާ ބައެއް ފޮޓޯތައް މިހާރު ޢާންމުވެފައިވާއިރު، އުސް އިމާރާތަކުން ވެއްޓުމުގެ ސަބަބުން އޭނާގެ ބައެއް ކަށިތަކަށް ގެއްލުން ލިބިފައިވާކަން އެ ފޮޓޯތަކުން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖަމްޢިއްޔާތަކަށް ހުޅުވާލައިފި

މިއޮޓް ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ޚިދުމަތް ރާއްޖޭގައި ފަށައިފި

ޖެނެރޭޝަނަލް ބޭންއާ ގުޅޭ ބިލު ދިރާސާކުރަން ވަގުތީ ކޮމިޓީއަކަށް

ރައުދުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

Mulhiraajje
ELL Mobile Advertisement TTH_Advertisement