ކުއްލި ޚަބަރު

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

އޭއީއެޗްގެ ކެތު ލެބުން ހިދުމަތް ދޭން ފަށައިފި، ދެ ދުވަސްތެރޭ 7 މީހަކަށް ފަރުވާދިން

ޒަކިއްޔާގެ މަރުގެ ތަހުގީގަށް ހާއްސަ ކޮމިޝަނެއް އުފައްދަން އާއިލާ އިން އެދިއްޖެ

Large 173322397454nfbh
ނ. ހޮޅުދޫގެ ގެއެއްގެ ގުދަނެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ —

ނ. ހޮޅުދޫގެ ގެއެއްގެ ގުދަނެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ (50އ)ގެ މަރުގެ މައްސަލަ ރިޔާސީ ކޮމިޝަނަކުން ބެލުމަށް އާއިލާ އިން އެދިއްޖެއެވެ.

ސެޕްޓެމްބަރު 10، 2024 ގައި މަރުވެފައި އޮއްވައި ފެނުނު ހޮޅުދޫ، ނިއުލައިފް، ޒަކިއްޔާ މޫސާގެ އާއިލާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެ އިހުމާލުތައް ފޮރުވަން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ހޮޅުދޫ ރައްޔިތުންނަށް ވިސްނައިދިނުމަށް ކަމަށްވެސް އާއިލާ އިން ބުންޏެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ގާއިމުކުރުމަށް ފުލުހުން އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމަށާއި ތަހުގީގަށް ބަޔާން ދިނުމަށް ހާޒިރުކުރި ފަރާތްތަކުގެ ބަޔާންތަކުގައިވެސް ހުރީ ފުލުހުން ބޭނުންވާ ގޮތަށް އިބާރާތް ހަމަޖައްސާފައި ކަމަށް އާއިލާ އިން ބުންޏެވެ.

ބައެއް ހެކިވެރިންގެ ފަރާތުން ވަކިކަމެއް ހުރީ މިވެނި ގޮތަކަށް ބުނުމުންވެސް ފުލުހުން އެކަމާ ދެކޮޅު ހަދައި ބަޔާނުގައި އެ މީހާ ބުނި ގޮތަކަށް އެކަން ކުރުމަށް ފުލުހުން އިންކާރުކޮށްފައިވާ ކަމަށްވެސް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނީ ޒަކިއްޔާގެ މަރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހޮޅުދުއަށް ވަޑައިގެން އެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވި ނަމަވެސް ފުލުހަކާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހަދައި، އެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިދެއްވުމަށް އެދޭ ކަމަށް އާއިލާ އިން ބުންޏެވެ.

ފުލުހުން، ޒަކިއްޔާގެ ވާޗުއަލް އޮޓްޕްސީއެއް ހެދި ކަމަށްބުނެ އޮޅުވާލާފައިވާ ކަމަށާއި އެފަދަ އެއްވެސް އޮޓްޕްސީ ރިޕޯޓެއް ނެތް ކަމަށެވެ. އަދި ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރު، ޒަކިއްޔާއަށް މީގެ ކުރިން ގެވެށި އަނިޔާ ކޮށްފައިވާ ކަމަށް ހެކިވެރިއަކު ގާތު ކިޔައިދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

އެ އަނިޔާތަކާ ގުޅިގެން ފިރިމީހާއާ ދުރަށް ދާން ބޭނުންވާ ކަމަށް ޒަކިއްޔާ ހެކިވެރިއެއްގެ ކައިރީގައި ބުނި ކަމަށާއި ރޭގަނޑު ވަގުތު ކޮޓަރީގައި ގެވެށި އަނިޔާކުރާތީ ޒަކިއްޔާ ހުންނަނީ ގެއާ ކައިރީގައި އޮންނަ އަތިރިމަތީގެ ނިކަ ގަހެއްގެ ކައިރީގައި ކަމަށްވެސް އާއިލާ އިން ބުންޏެވެ.

އާއިލާ އިން އިތުރަށް ބުނީ އެއްރެއަކު ޒަކިއްޔާ އެ ނިކަ ގަސް ކައިރީގައި ހުއްޓައި މުހައްމަދު ރަޝީދު އުމަރު އެތަނަށް ގޮސް، ޒަކިއްޔާ ނަގައި ނިކަ ގަހުގެ މޫތަކާ ދިމާލަށް އެއްލާލި ކަމަށެވެ. އަދި އޭގެފަހުން ޒަކިއްޔާގެ އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު ގޮނޑުދޮށާ ދިމާލުން ގެއާ ހަމައަށް 250 ފޫޓު ދުރުމިނަށް އެގޮތަށް ދަމާ ގެންދިޔަ ކަމަށް ހެކިވެރިޔާ ގާތު ޒަކިއްޔާ ބުނެފައިވާ ކަމަށްވެސް އާއިލާ އިން ބުންޏެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ހާއްސަ ކޮމިޝަނެއް އުފައްދަން އެދިފައި މިވަނީ، މިމަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލަ ތަހުގީގުކުރުމަށް ރައީސް މުއިއްޒު ކޮމިޝަނެއް އުފައްދަވާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

TTH_advertisement