ކުއްލި ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ

ވިނަރެސް ފްލެޓެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް 21 އަހަރުގެ ޒުވާނެއް

މެލޭޝިއާއިން ރައީސަށް ހޫނު މަރުޙަބާއެއް

ޒުވާނުންގެ ނާޖާއިޒު ފައިދާ ނަގައި ޤައުމު ހަލަބޮލިކުރަން ޖާގަ ނުދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

398154 c7e691a9 1

ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ހޯދައި، ޤައުމުގެ ހަމަޖެހުމަށް ބުރޫ އަރާފަދަ ޢަމަލުތަކަށް މަގުފަހިނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ހޯދައި، ޤައުމުގެ ހަމަޖެހުމަށް ބުރޫ އަރާފަދަ ޢަމަލުތަކަށް މަގުފަހިނުކުރުމަށް އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް މިފަދައިން ވިދާޅުވެފައިވެއެވެ.

މި މަހުގެ 18 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤާ މެދު ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޤައުމުގެ ހަމަޖެހުމާއި، އަމާންކަމާއި، ކުރިއެރުމަށްޓަކައި ނިންމަވަންޖެހޭ ކޮންމެ ނިންމެވުމެއްވެސް ނިންމަވާނެ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވާނެ ކަމަށާއި، އެ ފަރާތްތަކުގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޤައުމުގެ ހަމަޖެހުމަށް ބުރޫ އަރާފަދަ ޢަމަލުތަކަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ހޯދައި، ޤައުމުގެ ހަމަޖެހުމަށް ހުރަސްއެޅުމަށް މަސައްކަތް ނުކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރެއްވިއެވެ.

“ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. ކަންކަމާ ކުރިމަތިލައި، ޒިންމާދާރުކަމާއެކު ޖަވާބުދާރީވާނަން. އަދި ކަންކަން ކުރިއަށް ގެންދާނީވެސް ތަހުޒީބީ އުސޫލުތަކާ އެއްގޮތަށް.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ހެޔޮ ނިޔަތުގައި ކަންކަން އިޞްލާޙުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝުޢޫރުތަކަށް ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

މަސްވެރިންނަށް ބީއެމްއެލް ލޯނު ސްކީމުގައި މިހާރު ބައިވެރިވެވޭނެ

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ

އެސްޑީއެފްސީ އާއި އާރުޑީސީގެ ބޯޑުން ޝާމީ ވަކިކޮށްފި

ވިނަރެސް ފްލެޓެއްގެ ތެރޭގައި ޚަބަރު ހުސްވެފައި އޮތް 21 އަހަރުގެ ޒުވާނެއް

Mulhiraajje
TTH_Advertisement ELL Mobile Advertisement