ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މެލޭޝިޔާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ޤާއިމުކުރަންނިންމައިފި

މެލޭޝިޔާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މެލޭޝިޔާއަށް ކުރައްވާ މިދަތުރުފުޅުގައި ދިވެހިންނަށް ދަތިވާ ކަންކަން ހައްލުކުރުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މެލޭޝިޔާގައި ދިއިރުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ތެރެއިން ކަންކަން ފަހި ކޮށްދެއްވުމަށްޓަކައި މަސައްކަތްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“މިދަތުރުގެ ތެރެއިން އެ ތަނުގެ ވެރިންނާއެކު ރަސްމީ ބައްދަލުވުންތައް ކުރިއަށްދާނެ. ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރަނީ.” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މެލޭޝިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން މެލޭޝިޔާގައި ތިބެގެން ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓްކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މީގެއިތުރުން ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ދާއިރާތަކުގެ މަޢުލޫމާތު މެލޭޝިޔާގެ އިންވެސްޓަރުންނަށް މިދަތުރުފުޅުގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުންކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 7 ތަނެއް ބަލައި ފާސްކޮށް ފިޔަވަޅު އަޅައިފި

ރޭ ހިންގި މާރާމާރީއާ ގުޅިގެން 3 ބިދޭސީން ޑީޕޯޓްކޮށްލަނީ

މާލޭގައި 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފި

TTH_advertisement