ނަބަވީ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލް ބުދައިރް މިއަދު އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ދެއްވި ޚުޠުބާގެ ދިވެހި ތަރުޖަމާ އަންނަ ހުކުރުގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކިއުމަށް ހަމަޖައްސާފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
މިއަދު ޑރ. ޞަލާޙުލް ބުދައިރު ދެއްވި ޚުޠުބާގެ މަޢުޟޫއަކީ “ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ.” މި މަޢުޟޫއެވެ.
މި މަޢުޟޫއަށް ޑރ. ޞަލާޙުލް ބުދައިރު ދެއްވާފައިވަނީ ވަރަށް އަސަރުގަދަ ޚުޠުބާއެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު