ކުއްލި ޚަބަރު

އަބްދުއްރަހްމާން މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ އުފުލައިފި

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި: ފަލާހު

އަންނަ އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ: މިނިސްޓަރު ޒަމީރު

ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން އެމްޑީޕީން އަންނަނީ ސިޔާސީ ފައިދާ ހޯދަމުން: ޝުޖާއު

96666

ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއިން ސިޔާސީ މަންފާ ހޯދަމުން އަންނަ ކަމަށް ރައްޔިތުންގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދުމަށް ގޮވާލާ، ޒުވާނުން އަންނަނީ މާލޭގެ މަގުމަތީގައި ކޮންމެ ރެއަކު އިހްތިޖާޖުކުރަމުންނެވެ. މި އިހްތިޖާޖުތަކުގައި ބައެއް ވަޒީރުންގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވަމުންނެވެ.

މި ސުލްހަވެރި އިހްތިޖާޖު ސިޔާސީ ކުރުމަށް އެމްޑީޕީއިން މަސައްކަތްކުރާކަމަށް ތުހަމުތުކޮށް ބައެއް ފަރާތްތަކުން އަންނީ މި އިހްތިޖާޖުގައި ބައިވެރިވާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މި މުޒާހަރާގައި އަލައިކާ އާއި ސަފާތުގެ އިތުރުން އެމްޑީޕީ އެކްޓިވިސްޓުން ބައިވެރިވާ ފޮޓޯތަކާއެކު މިއީ ޔުމްނަށް އިންސާފު ހޯދަ ދިނުމުގެ ނަމުގައި އެމްޑީޕީއަށް ގެއްލިފަވާ ޒުވާނުންގެ ތާއީދު އަބުރާ ހޯދުމަށް ކުރާ މަސައްކަތެއްކަމުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ޝުޖާއު ވިދާޅުވީ އެމްޑީޕީއިން ވަދެއްޖެ ތަނެއް ފަސާދަކުރާނެ ކަމަށެވެ. އަދި ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުން އެމްޑީޕީ ސިޔާސީ މަންފާ ހޯދާ މިއިހްތިޖާޖު ބޭނުންކޮށްގެން ފައިސާ ހޯދަމުން ދާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން މިއިހްތިޖާޖް ރާވާ ހިންގާ ޒުވާނުން މިކަމަށް ސަމާލުވުމަށް ޝުޖާއު ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ޕާޓީން ވަކިކުރިޔަސް ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ކަނޑައަޅަން އިސްލާހެއް

TTH_advertisement