ކުއްލި ޚަބަރު

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

މުލީ އެއަރޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

މުލަކަތޮޅު މުލީގައި ތަރައްޤީކުރެވުނު އެއަރޕޯޓުގެ މަސައްކަތްތައް ފުރިހަމަވެ، މިއަދު އެ އެއަރޕޯޓަށް ޓެސްޓު ފްލައިޓެއް ކާމިޔާބުކަމާއެކު ޖައްސާލެވިއްޖެއެވެ. މިއީ މުލަކަތޮޅުގައި ޤާއިމުކުރެވުނު ފުރަތަމަ އެއަރޕޯޓެވެ.
މި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށުނު މި އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްޞަކުރެވިފައިވާ އެއަރޕޯޓެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި 36 ހެކްޓަރުގެ ބިން މުލިން ހިއްކާފައިވެއެވެ.

ޓެސްޓު ފްލައިޓުގެ ގޮތުގައި މުލީ އެއަރޕޯޓަށް ޖައްސާލާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ. މި ޓެސްޓު ދަތުރަކީ ވިޔަފާރީގެ އުޞޫލުން ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރެވޭ ދަތުރެކެވެ. ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަކަށް ވިޔަފާރީގެ އުޞޫލުން ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންދެއެވެ.

މުލީ އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާއިރު، މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މުލަކަތޮޅުގެ ވެރިކަން ކުރާ ރަށް މުލީގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުވުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އަދި ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ރައްޔިތުން ވަނީ ފަރިވަޅެއްވެސް އަރުވާފައެވެ.

މުލީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ސަރުކާރުން 300 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހޭދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

police

ކަނޑު ބޯޓަކުން ލ.މާމެންދޫއަށް ގެންދިޔަ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫޢެއް މުޅިން ނިންމައި، 64 މަޝްރޫޢެއް އަލަށް ފެށި

TTH_advertisement ELL Mobile Advertisement