ކުއްލި ޚަބަރު

އަލީބާބާގައި ދިވެހިންގެ އުފެއްދުންތައް އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލަނީ

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ހުށަހަޅަން ސަރުކާރުން ނިންމައިފި

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް މިއަދު ގަލޮޅު ދަނޑުގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ސަރުކާރުގެ ޚަރަދުގައި ޔުމްނު ބޭސްފަރުވާއަށް މެލޭޝިޔާއަށް ފޮނުވަނީ

p-crime
ރައުދު(ކ) އާއި އިމާރާތުން ވެއްޓުނު ޔުމްނު(ވ) —

މިދިޔަ ހަފްތާގެ ތެރޭގައި މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާއަށް ފޮނުވަން ނިންމައިފިއެވެ.

ޔުމްނުގެ އާއިލާއިން ބުނީ އެންސްޕާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހުރިހާ އިންތިޒާމްތަކެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

ސަރުކާރުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެމުން އަންނާތީ އާއިލާއިން ތިބީ ވަރަށް އުފަލުންނެވެ. ސަރުކާރުން މިހާރު އަންނަނީ ޗާޓާޓް ފްލައިޓެއް ހަމަޖައްސައި ޔުމްނު މެލޭޝިޔާއަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

“ޗާޓާޑް ފްލައިޓް ހަމަޖެހުނުހާ އަވަހަކަށް ފުރޭނެ ކަމުގެ ޔަގީންކަން ސަރުކާރުންދޭ،” ޔުމްނުގެ އާއިލާއިން ބުންޏެވެ.

ސަރުކާރުން ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަން ވަނީ ހާމަވެފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ހާއްސަ ސަމާލުކަމެއްދީގެން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Adaj CT hi hi ft Dr r
ޔުމް ފޮނުވިފަދައިން މިފަދަ ސީރިޔަސް ހާނިއްކަ ލިބޭ ކޮންމެ މީހަކުވެސް ބޭރަށް ފޮނުވައި ރަގަޅުފަރުވާދިނުން މުހިއްމު ނަމަ ވެސް މިފަދައެހީ ނުލިބޭތީ އެތައް ބަޔަކު ޝަކުވާކުރާއަޑު އިވޭލެއް މަދެއްނޫނެވެ

ގުޅުންހުރި

66

އަލީބާބާގައި ދިވެހިންގެ އުފެއްދުންތައް އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލަނީ

418723 b379c123 d

ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ހުށަހަޅަން ސަރުކާރުން ނިންމައިފި

އެލަވަންސަކާއެކު ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަން ސްކޮލަރޝިޕްދެނީ

ޤައުމީ ޓީމަށް އެއަރޕޯޓުން ހޫނު މަރުޙަބާއެއް

TTH_advertisement ELL Mobile Advertisement