ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

އިސްރާއީލުން ގޮވާތަކެތި ގަތުމަށް ހަދާފައިވާ އެއްބަސްވުން ސްޕެއިނުން އުވާލައިފި

ޒަޔަނިސްޓު އިސްރާއީލުން ގޮވާތަކެތި ގަތުމަށް ހަދާފައިވާ މުހިންމު އެއްބަސްވުމެއް ސްޕެއިން ސަރުކާރުން އުވާލައިފިއެވެ.

މި އެއްބަސްވުމުގެ އަގަކީ 7.5 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ، އިސްރާއީލުގެ “އައިއެމްއައި ސިސްޓަމްސް” އާއެކު ހަދާފައިވާ އެއްބަސްވުމެކެވެ. އިސްރާއީލުން ގޮވާތަކެތި ގަތުމަށް ހަދާފައިވާ އެއްބަސްވުން ސްޕެއިން ސަރުކާރުން އުވާލީ، ކޯލިޝަން ސަރުކާރުގެ ބައިވެރިންގެ ފަރާތުން ކުރިމަތިވަމުން އައި ކުށްވެރިކުރުންތަކާއި، ޕްރެޝަރުގެ ސަބަބުން ކަމަށް ވެއެވެ. މިކަމުގެ ތެރޭގައި، ކޯލިޝަންގައި ހިމެނޭ ވާތުފިޔައިގެ ޕާޓީތައް ހިމެނޭ ގްރޫޕުންވަނީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވާނޭ ކަމުގެ އިންޒާރުވެސް ދީފައެވެ.

އެއްބަސްވުން އުވާލުމުގެކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީތަކުން ބުނެފައިވަނީ، އެއްބަސްވުމުގެ ސަބަބުން އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގައި ސްޕެއިންގެ ބައިވެރިވުން ހިމެނޭކަމުގެ ރިސްކް ނަގަންޖެހޭނޭ ކަމަށެވެ. އިންޒާރުތަކާއި، ޕްރެޝަރާހެދި، އިސްރާއީލުން ގޮވާތަކެތި ގަތުމަށް ހަދާފައިވާ އެއްބަސްވުން އުވާލީ، ސީދާ ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެކަމުގެ ތެރެއަށް ވެދެވަޑައިގެންނެވެ.

އެގޮތުން، އެއްބަސްވުން އުވާލަން ނިންމީ، ބޮޑުވަޒީރާއި، ބޮޑުވަޒީރުގެ ނައިބާއި، ސަރުކާރުގެ މިނިސްޓްރީތައް ހިމެނޭގޮތުން ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ސްޕެއިނަކީ، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ފާޅުގައި ބަސްބުނަމުން އަންނަ ގައުމެކެވެ. އިސްރާއީލުގެ ހިންގާ ޖަރީމާތައް ކުށްވެރި ކުރަމުން އަންނަ ގައުމެކެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ރަސްމީގޮތުން ބަލައިގަތުމަށް ނިންމަވައި، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެކަން އިއުލާން ކުރެއްވީ 2024 ވަނަ އަހަރުގެ މެއިމަހުއެވެ. ޕެޑްރޯ ސަންޗޭޒް އިސްވެ ހުންނަވައި، ނޯރވޭ އަދި ޔޫރަޕްގެ އެނޫންވެސް ބައެއް ގައުމުތަކާއި، ސައުދީ އަރަބިއްޔާ އަދި އަރަބި ބައެއް ގައުމުތައް ގުޅިގެން މިހާރުވެސް ގެންދަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން އިއުލާން ކުރުމަށް ކުރެވެންހުރި ހުރިހާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ ތާއީދުވެސް ހޯދަމުންނެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން ނިންމެވުމާއި، ފަލަސްތީނުގެ ހައްގުގައި ބަސްބުނާތީ، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއަކީ އިސްރާއީލު ވަރަށް ރުޅިއަންނަ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަތިޔާރުގެގޮތުން އިސްރާއީލަށް ދަތިކުރަން ސްޕެއިން ސަރުކާރުން ނިންމި ނިންމުން އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފި

Gqhakxkx0aahccr

ހަމަލާ ކުށްވެރިކުރައްވައި، އިޒްރޭލަށް އަވަސް ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި

ގާޒާ ސިޓީ ހިފުމުގެ ޕްލޭންގެ ދަށުން ޒައިތޫން އަވަށް ބިމާހަމަކޮށްލައިފި، އިތުރު ދެ ރަށަކަށް ކުއްލި ހަމަލާތަކެއް ދެނީ

އިސްރާއީލުން ބޮމެއް “އަތަށް ގޮވައި” ސިފައިންގެ މީހަކު މަރުވެއްޖެ

TTH_advertisement