ކުއްލި ޚަބަރު

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

“ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ.”

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ އަސަރުގަދަ ޚުޠުބާއެއް

މިއަދު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި، މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އަސަރުގަދަ ޚުޠުބާއެއް ދެއްވައިފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުއްވާލާފައިވަނީ “ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ.” މި މަޢުޟޫއުއަށެވެ. ހުޠުބާގައި ޚަޠީބު ޑރ. ޞަލާޙުލް ބުދައިރު ވަނީ މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ އެކަކު އަނެކަކު ދެކެ ލޯބިވެ، ހެޔޮކަމާއި ތަޤވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލާ، އަމިއްލާ މީހުންނާއި ދެކޮޅަށް ހަނގުރާމަކުރާ މީހާކަމަށާއި، ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަމަށާއި އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެކަނަށާއި ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެރިވުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށްވުމަށާއި ޢިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވުމަށާއި، މުދަލުން ފަޤީރުންނަށް ހޭދަކުރުމަށާއި ބޮޑެތިމީހުންނަށް އިޙްތިރާމުކުރުމަށާއި ކުޑަކުދީންނަށް އޯގާވެރިވެ ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދެއްްކުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް، ދޮގު ބުހުތާން ވާހަކަތައް ނުފަތުރުމަށާއި، ދެރަކޮށް، ނިކަމެތިކޮށްނުލުމަށާއި، ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، ބިދުޢަވެރީންނާއި ފާސިޤުންކަމުގައި ބުނެ ނޫޅުމަށާއި އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކުރުމަށްވެސް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

“ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަގޮތަށް ދާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތިބާގެ ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތަވާޟުޢުވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައި ހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީހެއްޔެވެ؟ އަޚާއެވެ! ތިބާ ނިދި ހަމަކޮށް ތެދުވާށެވެ!” ހުކުރު ޚުޠުބާގައި އަސަރާއެކު ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

Original 1757223274145

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

66

ތިނަދޫ ރޯ ހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement