ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، ބޭންކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ގެދޮރުގެ ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން، ސްކީމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި، މި ބަދަލު ގެނެވުނީ މާލޭގެ ގިިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލުން ކުރެހުން ފާސްކުރުމަށް ގިނަ ވަގުތު ހޭދަވާތީއެވެ. އެހެންކަމުން، މިހާރު ކައުންސިލުން ފާސްކޮށްފައިވާ ކުރެހުމެއް ނެތްނަމަވެސް، އިންޖިނިއަރު އަދި އާކިޓެކްޓުގެ ސްޓޭމްޕް ޖަހާފައިވާ ކުރެހުމެއް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ނަމަވެސް، ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ލުއި ދެވުނު ނަމަވެސް، އިވެލުއޭޝަން މަރުޙަލާގައި ކައުންސިލުން ފާސްކޮށްފައިވާ ކުރެހުން ހުށަހަޅަންޖެހޭނެއެވެ. މި ލުއި ދެވިފައިވަނީ ހިޔާވަހި ސްކީމުގެ ދަށުން ހުށަހަޅާ ހުރިހާ ފަރާތްތަކަށްކަން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް، އަގުހެޔޮކޮށް ފޯރުކޮށްދެވޭ ފައިނޭންސިންގ ޕްރޮގްރާމެކެވެ. މި ސްކީމު ކުރިއަށް ގެންދެވެނީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން، 5% ފައިދާގެ ރޭޓުގައެވެ. މި ސްކީމުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ސްކީމުގެ ދަށުން:
– ރަށްވެހި ފައިނޭންސިންގ ސްކީމުން އަތޮޅުތަކުގެ ރަށްރަށަށް 1 މިލިއަން ރުފިޔާ
– ސަހަރު ފައިނޭންސިންގ ސްކީމުން އަރބަން ސެންޓަރުތަކަށް 3 މިލިއަން ރުފިޔާ
– ފަހިމާލެ ފައިނޭންސިންގ ސްކީމުން މާލެ ސަރަޙައްދަށް 6 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ.

އަދި މާލެ ސަރަޙައްދުގައި، ގޭގެ ބެހެނިވެރިންނާއެކު 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދެވޭނެ ގޮތަށް އުސޫލު ވަނީ އެކުލަވާލެވިފައެވެ.

މި އަހަރުގެ ބަޖެޓުގައި ހިޔާވަހި ފައިނޭންސިންގ ސްކީމަށް 1 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. ސަރުކާރުން މި 1 ބިލިއަން ރުފިޔާ ބޭންކުތަކަށް އިންވެސްޓްކުރުމުން، ބޭންކުތަކުން ޖުމްލަ 2 ބިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން މިހާތަނަށް ކުރިއަށްގެންދެވޭ އެންމެ އަގުހެޔޮ އަދި އެންމެ ބޮޑު ފައިނޭންސިންގ ސްކީމެވެ. މި ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ، 2028 ވަނަ އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ފުރުޞަތު ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ވަޢުދު ފުއްދުމަށް އަމާޒުކުރެވިގެން ތަޢާރަފުކުރެވިފައިވާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން ކުރެހުން ހުށަހެޅުމުގެ އުސޫލަށް ގެނެވުނު ލުއިތަކާއެކު، ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ. މި ބަދަލަކީ ސްކީމުގެ އިދާރީ މަރުޙަލާތައް އަވަސްކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ސަރުކާރުން މި ގެނައި ބަދަލާއެކު، ހިޔާވަހި ފައިނޭންސިންގ ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފަސޭހަތަކެއް ލިބި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ. މި ބަދަލަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ރ ރިޔާ
ބަލަ ޔަގީން ނޫން ލޯނަކައް 40-100 ހާސް ރުފިޔާ ދީގެން ކުރަހަން ވި ؟ ޝަރުތު ހަމަ ނުވެގެން ރިޖެއްކު ޓު ކުރާއިރު ސަރުކާރުން ދޭނެބާ މިކަމައް ހަރަދުކުރި ފައިސާ ؟ މިލެކިއުން ބޭނުން ވާނި ބޭންކުއައް ލަމައް ވާއިރު އެޕުލިކޭޝަން ޕުރޮސެސް ގަ މި ކޮން ސަކަރާތެއް ؟

ގުޅުންހުރި

ދޫކުރާ ފްލެޓްތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނަން: ޑރ. މުއްޠަލިބު

dr mulhalib

ފްލެޓް ލިބޭ ފައިނަލް ލިސްޓުން އުނިކުރެވޭނީ ޝަރުތު ހަމަނުވާކަން ޔަޤީން މީހުން: މުއްޠަލިބް

dr mulhalib

ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް އަންނަ އަހަރުގެ ނިޔަލަށް ފޯރުކޮށްދެވޭނެ: މުއްޠަލިބު

އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

TTH_advertisement