ކުއްލި ޚަބަރު

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

ނޮޅިވަރަމަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

މާލޭގެ ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު މެންދުރުފަހު 3:28 ހާއިރު ރިޕޯޓިކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލާއި އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ވެސް ފުލުހުން ނުބުނެއެވެ.

ފުލުހުން ދަނީ މާރާމާރީގެ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

Dd

އައްޑޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އިންނަމާދޫ ޕޮލިސް ޕޯސްޓް ބިލްޑިންގެ މަސައްކަތް ފަށައިފި

shiyaza

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމައިފި

TTH_advertisement