ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

376810 da0e42ef 7
މިދިޔަ އަހަރުގެ ގައުމީ އިނާމުދިނުމުގެ ޖަލްސާގައި ތައުލީމަށް ހިދުމަތް ކުރުުމުގެ އެންމެ މަތިވެރި ޝަރަފު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވަނީ — ފޮޓޯ: ރައީސް އޮފީސް

މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުއްވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މިއަހަރު ވަނީ ދާއިރާއެއް އިތުރުކޮށްފައެވެ. އެއީ، ޕެޓިޝަރީ އެންޑް ބޭކިންގެ ދާއިރާއެވެ. އެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި، ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި ހަނދާނީ ލިޔުމެކެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިގެން ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ ހުށަހަޅާނީ، https://apply.presidency.gov.mv އަށް ކަމަށާއި ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

Big 9yanjxlfte6rlue58beoup11l 850x548

އާރުޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާ 

112

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

މީރާ

ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް، މަސައްކަތް އެބަ ކުރިއަށްދޭ: ކޮމިޝަނަރު

ELL Mobile Advertisement TTH_advertisement