ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދަނީ

37766

ގއ. ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން މި ޕުރޮގުރާމު ހިންގުމަށް ކޮނޑޭ އިން 15،086.80 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅައިފައެވެ. މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 35 އަހަރަށް ކަމަށާއި، ފުރަތަމަ ފަސް އަހަރު ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ ކޮންމެ އަކަފޫޓަކަށް 10 ލާރީގެ ރޭޓުން ކަމަށާއި، ކޮންމެ ފަސް އަހަރަކުން ބިމުގެ ކުލި %20 އިތުރުވާނެ ކަމަށާއި، ގްރޭސް ޕީރިއަޑެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސް ދުވަސް ލިބޭނެ ކަމަށްވެސް ކަރުދާހުގައި ބުނެފައިވެއެވެ.

މި ޕުރޮގުރާމު ހިންގުމަށް ދޫކުރާ ބިމުގައި އަމިއްލަ ފަރާތްތަކުގެ ރުއްގަސް އެބަހުރި ކަމަށާއި، ޕުރޮގުރާމުގެ ބޭނުމަށް އެއްވެސް ރުކެއް ކަނޑާނަމަ، އޭގެ ބަދަލު ރުކުގެ ވެރި ފަރާތަށް ދޭންޖެހޭނެ ކަމަށްވެސް އެ ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕުރޮގުރާމުގެ މަޤުޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އަމިއްލައަށް ކާނާ އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމާއި، ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމާއި، އިޤުތިޞާދުގައި ހިއްސާވާ މީހުން އިތުރުކުރުމާއި، ކާބޯތަކެތީގެ ދުޅަހެޔޮކަން އިތުރުކުރުން ހިމެނެއެވެ.

މި ޕުރޮގުރާމު ހިންގުމަށް އެދި ހުށަހެޅުމުގެ މުއްދަތު އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުތުރުގެ ބާރަ ރަށެއްގައި ގްރީން ހައުސް ގާއިމްކޮށްފި

Plant 945x630

ގަވާއިދާ ހިލާފަށް 4732 ގަހާއި ގަހުގެ ބާވަތްތައް އެތެރެކޮށްފި

B nfy9rd1ee1a1ild0n4mwk04mw

ކޮތަރުތަކަށް ޖެހިފައިވަނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔައް: މިނިސްޓްރީ

Img 7360

ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރަން ފުރުސަތުތަކެއް ހުޅުވާލައިފި

TTH_advertisement