ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތް ހަވީރު ވަގުތުގައި ވެސް ދެވޭނެ ގޮތަކާ މެދު މަޝްވަރާކުރަނީ

Big qfovuxhga9pyqgiftnofy0teg
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން އޮންނަ ކިއު ކުޑަކުރުމަށްޓަކައި ހަވީރު ވަގުތުގައިވެސް ޑޮކްޓަރުން ބަލާ ގޮތަށް ހަމަޖެއްސުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނާޒިމް އިއްޔެ ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުން ވަރަށް އިސްކަން ދެމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް ބަލިމަޑުކަމުގެ ވައްޓަފާޅިއާ އެއްވަރަށް ޑޮކްޓަރުންނާއި ވަސީލަތްތައް ނެތުމަކީ ކިއު ބޮޑުވާ ސަބަބެއް ކަމަށެވެ.

އައިޖީއެމްއެޗުގެ ހަތަރު ނުވަތަ ފަސް ޑިޕާޓްމަންޓެއްގައި ކިއު ދިގުވުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރުންނާއެކު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ކުރާ އެއް މަސައްކަތެއްގެ ގޮތުގައި ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވޭނެ ގޮތަކާ މަޝްވަރާކުރަމުންދާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކަމޭބެހޭ ފަރާތްތަކާއެކު ކުރިއަށްގެންދާ ކަމަށެވެ. އަދި މުސާރައިގެ އިތުރު އެލަވަންސްތައް ދީގެންވިޔަސް އެއީ ކުރެވޭނެ ކަމެއްކަން މަޝްވަރާތައް ނިމުމުން އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންނަށް ދެއްކުމަށްޓަކައި ހެނދުނާއި ހަވީރުވެސް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އެހެންކަމުން އައިޖީއެމްއެޗަށް ވެސް އެފަދަ ހައްލެއް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement