ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އެންމެ ބޮޑު އިސްކަމެއް ދެނީ އަރަބިއަން މާކެޓަށް: ޝިއުރީ

90239

މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަރަބިއަން މާކެޓަށް ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

އަރަބިއަން ޓްރެވެލް މާކެޓަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝިއުުރީ ވިދާޅުވީ މިމަހުގެ 28އިން އަންނަ މޭއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވެލް މާކެޓުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ބައިވެރިވާނެ ކަމަށެވެ. މި ފެއާގައި މިފަހަރު ރާއްޖެއިން 111 އެގްޒިބިޓަރުން ބައިވެރިވާނެއެވެ. އަދި 230 އަށް ވުރެ ގިނަ މަންދޫބުން ރާއްޖެ ތަމްސީލް ކުރަން ވަނީ ހަމަޖެހިފައެވެ.

އޭނާ ވިދާޅުވީ، އަރޭބިއަން ޓްރެވެލް މާކެޓަކީ މިހާރު ދުނިޔޭގައިވެސް ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ ކަމަށެވެ. އަދި ގިނަ ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކުން މިފެއަރއަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވެލް މާކެޓުގައި 160 ގައުމަކުން 46000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެއެވެ. އަދި މިފެއަރގައި، 90،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު، މިފެއަރގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މިއަހަރުގެ އަރަބިއަން ޓްރެވެލް މާކެޓުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، މިފެއާގެ ތެރެއިން ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލާ ވިޔަފާރިތަކާއި އެކު ގިނަ ބައްދަލުވުންތައް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖައްސައިފި

9128

ގްރީން އެޓޯލްސް ކެމްޕޭނަށް ފޮޓޯ އާއި ވީޑީއޯ ހުށަހެޅުމުގެ ފުރުސަތު އެމްއެމްޕީއާރުސީން ހުޅުވާލައިފި

TTH_advertisement