ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

މިޔަރެއް ހަމަލާދިން މީހަކަށް ފަރުވާދެނީ

938888
މިޔަރު ހަމަލާދިނުމުން ލިބުފައިވާ ޒަޚަމްތައް

ކުޅުދުއްފުށި ސިޓީ ކައިރިއަށް މަސް ހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީފިއެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މިޔަރު ހަމަލާދިނުމުގެ ސަބަބުން އުމުރުން 30 އަހަރުގެ ޒުވާނާގެ ޒުވާނަކު މިއަދު ހެނދުނު 6:45 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ ޒުވާނާގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ޒުވާނާގެ ކަނާތު ކޮނޑު ކައިރިއަށް ދިން އެ ހަމަލާއާ ގުޅިގެން ޑޮކްޓަރުން ފަރުވާދީ ކޮނޑު ހުޅު އަޅުވައި ލޭ މަނާކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް ޒަޚަމްވި ތަނުގެ ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިޔަރު ހަމަލާދިނުމަކީ ވަރަށް މަދުން ރާއްޖޭގައި ހިނގާ ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސިފައިންގެ ތަމްރީނެއްގައި އުޅުނު އުމުރުން 23 އަހަރުގެ ލާންސްކޯޕްރަލް، މުހައްމަދު ޒައިދާނަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

ELL Mobile Advertisement TTH_advertisement