ކުއްލި ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހެއްގެ ހާލު ސީރިއަސް

މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މަރާލައިފި

މާދަރީ ބަހަކީ އެބައެއްގެ ދެމިތިބުމާ ގުޅިފައި އޮތް އެއްޗެއް: މިނިސްޓަރ އާދަމް ނަސީރު

ދިވެހިންގެ އެއްބައިވަންތަކަމާއި ޤައުމީ ވަހުދަތު ދެމެހެއްޓުމުގައި މާދަރީ ބަހުގެ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ މުހިއްމު ބަޔާނެއް ދެއްވާފައެވެ. މި ބަޔާން ދެއްވާފައިވަނީ ދިވެހި ބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި ޤައުމަކީ އެއް ބަހަކުން މުޢާމަލާތުކޮށް، އެއް ސަގާފަތެއް ހިއްސާކުރާ އިންސާނީ މުޖުތަމަޢެކެވެ. އިންސާނީ ހުރިހާ ގުޅުމެއްގެ އަސާސަކީ އެ ބައެއްގެ ބަސްކަމަށާއި، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގެ ވިސްނުން އުފެދެނީވެސް އެއް ބަހަކުން މުޢާމަލާތުކޮށް، އެއްބައެއްގެ އިހުސާސް ކުރެވޭތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާދަރީ ބަހަކީ އެ ބަހެއްގެ އަހުލުވެރިންގެ ވުޖޫދާ ގުޅިލާމެހިފައިވާ އެއްޗެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުން މިނިވަންކަމަށް މަސައްކަތްކުރަމުންދާއިރު، އެ ޤައުމުތަކުންވެސް އެންމެ އިސްކަމެއްދޭ އެއް ކަމަކީ މާދަރީ ބަސް އިޔާދަކުރުން ކަމުގައެވެ.

“މާދަރީ ބަހުން އެކަކު އަނެކަކާ މުޢާމަލާތުކުރާ ޖަމާޢަތަކުންނޭ އެމީހުންގެ އަސްލާމެދު ވިސްނައި، މުސްތަޤުބަލު ކަނޑައަޅާނީ. އެ ގުޅުންތައް ބަދަހިވާނީ. މިއީ ޢިލްމީ ގޮތުން ސާބިތުވެފައިވާ ޙަޤީޤަތްތަކެކެވެ.” ވަޒީރު ވިދާޅުވިއެވެ.

މާދަރީ ބަސް ކުރިއެރުވުމަށް ގޭތެރެއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށާއި، މަސައްކަތުގެ މާޙައުލަކީވެސް މާދަރީ ބަހަށް އިސްކަންދޭ މާޙައުލަކަށް ހަދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ތަޢުލީމީ ދާއިރާ އިޞްލާޙުކުރަންޖެހޭ ކަމަށާއި، މުޖުތަމަޢުގެ ފެންވަރުގައި ފާހަގަކުރާ ކަންކަމުގައި މާދަރީ ބަހުގެ ކަންކަން ހިމެނުމަކީ މުހިންމު ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ގުޅުންތައް ހަރުދަނާކުރުމަށާއި، ދިވެހިން އެކަކު އަނެކަކުގެ މައްޗަށް އޮންނަ ލޯބި އިތުރުކުރުމަށާއި، ޤައުމެއްގެ ގޮތުގައި ކަންކަމުގައި އެއްބަސްވުމަށް ބޭނުންވަނީވެސް މާދަރީ ބަސްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ނިންމަވާލައްވައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު، ފައިނޭންޝިއަލް ޑިރެކްޓަރަކަށް އަޒޫރު

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ކޮމިޓީއަށް ފޮނުވައިފި

majilis

ފޭކު މުދަލެއް ވިއްކައިފިނަމަ ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ބިލެއް ހުށަހަޅަައިފި

raees muiz

ރޭގެ އެކްސިޑެންޓުގައި ނިޔާވި ޒުވާނާގެ ޢާއިލާއަށް، ރައީސްގެ ތައުޒިޔާ

TTH_advertisement ELL Mobile Advertisement