ކުއްލި ޚަބަރު

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

މާލޭ ސިޓީ ކައުންސިލުން ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި

Jkw

ހަ ދާއިރާ އަކުން 50 ސްކޮލާޝިޕްގެ ފުރުސަތު މާލެ ސިޓީ ރައްޔިތުންނަށް އެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ބުނި ގޮތުގައި މި ސްކޮލާޝިޕް އިން ސްޓްރޯންގް ސިޓީޒް ނެޓްވޯކް ގެ އޭޝިއާ ޕެސިފިކް ރީޖަން އިން އެ ކައުންސިލަށް ދީފައިވާ ފުރުސަތުތަކެކެވެ.

ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާތަކަކީ:

  • – ސިއްހަތާއި އިޖުތިމާއީ ދާއިރާ
  • – އިމާރާތްކުރުމާއި އިންޖިނިއަރިން
  • – ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިން
  • – އައިޓީ އަދި ޑިޖިޓަލް ދާއިރާ
  • – ރީޓެއިލް، ހޮސްޕިޓާލިޓީ އަދި ކަސްޓަމާ ސާވިސް
  • – ދަނޑުވެރިކަން

ސިޓީ ކައުންސިލުން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ މުއްދަތަކީ 12 މަހާއި 24 ހަފްތާ އާ ދެމެދު ކަމަށެވެ. އަދި މި ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ މާލެ-ޕާކިސްތާނުގައި ކަމަށާއި ދަތުރު ހަރަދު، ހުރުން، ކެއުމުގެ އިތުރުން ކޯސް ފީ ދޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ހުންނަން ޖެހޭ ޝަރުތުތައް:

  • – މާލެ ސިޓީގެ ރަށްވެހިވެފައިވާ ފަރާތެއްކަމުގައިވުން
  • – އުމުރުން 18 އަހަރާ 35 އަހަރުގެ ޒުވާނުން
  • – ގްރޭޑް 10 އާއި ހަމައަށް ތަޢުލީމް ޙާޞިލްކޮށްފައިވުން
  • – އިގިރޭސިބަހުން ޢާއްމު ލިޔެކިއުމާއި، ވާހަކަދެއްކުމާއި ދޭހަވުމުގެ ހުނަރުތައް ލިބިފައިވުން

ސްކޮލާޝިޕަށް ހޮވުމުގައި އޯލެވެލްގެ ނަތީޖާ އާއި ޝޯޓްލިސްޓް ކުރެވޭ ފަރަތްތަކާއެކު ބޭއްވޭ އިންޓަވިޔުގެ މާކުސްއަށް ބަލާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ތަމްރީން ސްކޮލަޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑި އަކީ 20 އޭޕްރީލް ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ޝައުގުވެރިވާ މީހުންގެ ތައުލީމީ ސެޓްފިކެޓު ނުވަތަ ލީވިން ސެޓްފިކެޓާއި އައިޑާ ކާޑު ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

420166 98146565 e

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

dr.shaheem

މިއީ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވި އަހަރު: ޑރ. ޝަހީމް

ތިޖާރާ ރަށު ފަތުރު: ފެސިލިޓީއަށް ހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލައިފި

TTH_advertisement