ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ބޯންމެރޯ ހެދުމަށް މި މަހު ފުރާ ކުދިންނާ މިނިސްޓަރ ނާޒިމް ބައްދަލުކުރައްވައިފި

ސިއްޙީ ވުޒާރާގެ ވަޒީރު އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމް، ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކުދިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ތިން ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކުދިން ފުރުމުގެ ކުރިން ހަދަންޖެހޭ އެޗްއެލްއޭ ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް އިއްޔެ މޯލްޑިވިއަން ބްލަޑް ސަރވިސްގައި ބޭއްވިފައިވެއެވެ. މި ޓެސްޓަކީ ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ދިމާވޭތޯ ބެލުމަށް ކުރެވޭ މުހިންމު ޓެސްޓެކެވެ. ކުރިން މި ޓެސްޓް ހަދަމުން އައީ ރާއްޖެއިން ބޭރުގައި ނަމަވެސް، ސަރުކާރުގެ މަސައްކަތުން މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި މި ޓެސްޓް ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ދަށުން، ކޮންމެ އަހަރަކު މަދުވެގެން 10 ޕޭޝަންޓުން ބޯންމެރޯ ހެދުމަށް ދައުލަތުގެ ޚަރަދުގައި ފޮނުވުމަށް ހަމަޖެހިފައިވެއެވެ. މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރު އެކަނިވެސް 14 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައިވެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ތެލަސީމިއާ ކުދިންގެ ދަފްތަރުގައި 944 ކުދިން ހިމެނޭއިރު، އޭގެ ތެރެއިން 659 ކުދިން ދުނިޔޭގައި ދިރިއުޅެމުންދެއެވެ. އަދި އަހަރަކު އެވްރެޖްކޮށް 17 ކުދިން އަލަށް ދަފްތަރުގައި ރަޖިސްޓްރީވާކަމަށް އެެ ސަރވިސްއިން ފާހަގަކޮށްފައިވެއެވެ.

ތެލަސީމިއާ ޕޭޝަންޓުންނަށް ދެވޭ ފަރުވާގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި، މޯލްޑިވިއަން ބްލަޑް ސަރވިސްގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެންނަވާފައެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ފެންވަރު މަތިކޮށް އިތުރަށް ފުޅާކުރުމަށް ސަރުކާރުން މިހާރު ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

778

އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗުތައް ފޮނުވައި މި މަހުގެ ނިޔަލަށް ނިންމަނީ

minister nazim

ރާއްޖޭގައި ކެންސަރު ބަލި އާންމުވަމުންދާ ސަބަބު އަދި ނޭނގޭ: ނާޒިމް

TTH_advertisement