ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އެހެން ޤައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލު މީހުންނަށް ރާއްޖެއަށް އެތެރެވެވޭގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މަޖިލީހަށް ހުށައެޅުއްވި މިބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައިވެއެވެ.

މަޖިލީހުން މިއަދު މިބިލު ފާސްކޮށްފައިވަނީ މީކާއީލް ހުށައެޅުއްވި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. އެގޮތުން މެންބަރު މީކާއީލް އިމިގްރޭޝަން ޤާނޫނަށް ހުށައެޅުއްވި އިސްލާޙުގައި އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ބިލުގައި އޮތީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން ހަމައެކަނި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް މީހަކަށް ނާދެވޭ ގޮތަށެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާއިރު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.

ނަމަވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށައެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފައި މިވަނީ އެބިލު މަޖިލީހަށް ހުށައެޅުއްވިތާ 8 މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muizzu-councils

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

Mma

ޕްރޮޕޯސަލްއާ މެދު އެމްއެމްއޭއިން ދެކެނީ އިންވެސްޓްމަންޓެއްގެ ގޮތުގައި: މުނައްވަރު

ފަސޭހައިން ލޯނު ލިބޭ އެމްއެމްއޭ ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރަނީ

މަޖިލިސް ރައީސް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފި

TTH_advertisement