ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ޓިކްޓޮކުން އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކާމެދު މަޝްވަރާކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޓިކްޓޮކްގެ އިސް ވަފްދަކާއެކު ބައްދަލުކޮށް، އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި، ޑިޖިޓަލް މޮނިޓައިޒޭޝަންގެ އައު މަގުތައް ހުޅުވުމަށް ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ފުރިހަމަ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއްކަން ފާހަގަކުރެވުނެވެ.

ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްވުމުން، ޒުވާނުންނަށް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފައިސާ ހޯދުމުގެ ގޮތްތަކާއި، ޕޭޕާލް މެދުވެރިކޮށް ފައިސާ ޖަމާކޮށް ނެގުމުގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބިކަމާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީވެސް އާމްދަނީ ހޯދުމުގެ ވަސީލަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ތެރޭގައި ފަސޭހައިން ފައިސާ ލިބޭނެ ގޮތްތަކެއް ނެތުމަކީ މިކަމުގައި ހުރި ގޮންޖެހުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާއެކު މަޝްވަރާކުރަން ފަށާފައިވާކަމާއި، މިކަމުގައި ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަލިބާބާގެ ޚާއްސަ ތަމްރީނު ޕްރޮގްރާމް 700 ބައިވެރިންނާއެކު ފަށައިފި

ތުރުކީއާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް 2 މަސްތެރޭ އަމަލުކުރަން ފެށޭނެ: ސަޢީދު

local shops

އަސާސީ ކާބޯތަކެތީގެ އަގު ދެނެގަތުމަށް އިންޑެކްސްއެއް ތާރަފްކުރަނީ

“މޯލްޑިވްސް އެކްސްޕޯ 2025” ބައިވެރިވުމުގެ އަގު ހެޔޮކޮށްފި

TTH_advertisement