ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ކޮނޑޭގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ

ގއ. ކޮނޑޭގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ. މި މުހިންމު މުނާސަބަތު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާކަމަށް ކޮނޑޭ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކޮނޑޭ ކައުންސިލުން ވިދާޅުވީ، މިކަން މިގޮތަށް ފާހަގަ ކުރަން ފަށާފައި މިވަނީ 1970 ވަނަ އަހަރު ހުކުރު ހަމަ ނުވާ ރަށްރަށު މީހުން އެހެން ރަށަކަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެގޮތުން، ކޮނޑޭގެ ރައްޔިތުން ގއ. ދާންދޫއަށް ބަދަލުކުރުމަށްފަހު 1975 ވަނަ އަހަރުގައި އަލުން ރަށަށް ބަދަލުވުމުގެ ފުރުސަތު ދިނުމުން، ގިނަ ރައްޔިތުން އަނބުރާ ކޮނޑެއަށް ބަދަލުވިއެވެ.

“1975 ގެ އޭޕްރީލް 12 ގައި އެހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޭޕްރީލް 12 މި ފާހަގަކުރަނީ ކޮނޑޭގައި އަހަރީ ދުވަހެއްގެ ގޮތުގައި،” ކޮނޑޭ ކައުންސިލުން ވިދާޅުވިއެވެ. މި އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުގައި ވަނީ ލޯގޯ އިފްތިތާހްކޮށް އަހަރީ ހަރަކާތުގެ ތާވަލް އާންމުކޮށްފައެވެ.

50 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ސުޓޭޖް ޝޯ، ހަވާ އެރުވުން، ވޮލީ މުބާރާތް، މަސް ރޭސް، ފުޓްސަލް މުބާރާތް، ކުޑަކުދިންގެ ހަވީރު، ސައި، ފުޅަދު ބުރު، ރަސްމީ ޖަލްސާ އަދި ޑިނަރ ނައިޓް ހިމެނެއެވެ.

ކައުންސިލުން އިތުރަށް ވިދާޅުވީ، ޑިސެންބަރު 31 އިން ފެށިގެން ފެސްޓިވަލްއެއްގެ ގޮތުގައި ހަފްތާއެއްގެ މުއްދަތަށް 50 އަހަރު ފުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި މުހިންމު މުނާސަބަތު ފާހަގަކުރުމަށް ރޭވިފައިވާ ހަރަކާތްތަކުގައި ރަށުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން ބައިވެރިވެ، ރަށުގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަށް މަސައްކަތްކުރާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ކޮނޑޭގައި ފަށައިފި

TTH_advertisement