ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ސައުދީ ފަންޑުން ރާއްޖޭގައި އިތުރު މަޝްރޫއުތަކެއް ހިންގަން އެއްބަސްވުމެއްގައި ސޮއިކުރަނީ

396907 567456f6 7

ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ)އާއި ރާއްޖެއާ ދެމެދު ތަރައްޤީގެ މަޝްރޫއުތަކެއްގައި ސޮއި ކުރުމަށް ހަމަޖެހިއްޖެއެވެ.

ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ހިޒް އެކްސެލެންސީ ސުލްތާން ބިން ޢަބްދުއްރަހްމާން އަލް މަރްޝަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަކަށް، މިއަދުން ފެށިގެން އަންގާރަ ދުވަހު ކުރައްވާ ދަތުރުފުޅެކެވެ.

ސިއީއޯ ސުލްތާން ބިން ޢަބްދުއްރަހްމާން އަލް މަރްޝަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ފައިނޭންސިން އެއްބަސްވުންތަކުގެ ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަޢޫދީ ފަންޑު ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ޓަކަ އެވެ.

މި ފަންޑުގެ މަގުސަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީއާއިން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ސިއްހަތާއި، ތައުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.

ސައުދީ ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ. އެ ފަންޑުން ވަނީ ދަތުރުފަތުރާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ ފޯރުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ޔަމަނުގައި ހަމަޖެހުން ގާއިމްކުރަން ސައުދީ އިސްވެ ކުރަމުންދާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފި

Dd

ސައުދީއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ހުޅުވާލައިފި

ޕާކިސްތާނުން ސައޫދީ އާއިއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަޢުދީ ސަރުކާރުން ރާއްޖެއަށް އައު ސަފީރެއް

TTH_advertisement