ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދަން އަލުން އިއުލާނުކޮށްފި

މޯލްޑިވިއަން އެއަރލައިންސް އިން އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމަށް އަލުން އިޢުލާން ކުރައްވައިފިއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަން އެއަރލައިންސް އިން އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ފައްޓަވައިފިއެވެ. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން މި އަހަރުގެ ފެބްރުއަރީ މަހު އެއާބަސް ހޯދުމަށް ކުރެއްވި އިޢުލާން ބާޠިލުކުރެއްވުމަށްފަހު، އަލުން ކުރައްވާފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ އެއާބަސް އޭ330-200 މޮޑެލްގެ މަތިންދާބޯޓެއް 5 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންފުޅުވާ ކަމަށެވެ.

މި މަތިންދާބޯޓު ފޯރުކޮށްދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވާފައިވެއެވެ. އަދި މަތިންދާބޯޓުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ގޮނޑި ހުރުން ހިމެނޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެފައިވެއެވެ.

ޤައުމީ އެއަރލައިނަށް ފުރަތަމަ ފަހަރަށް އޭ-330 މަތިންދާބޯޓެއް ގެންނެވީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓުން މިހާރު ޗައިނާގެ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރައްވައެވެ. އަދި ޔޫރަޕަށްވެސް ދަތުރުތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ މި މަތިންދާބޯޓަކީ އެއްވެސް ތަނެއްގައި ނުޖައްސަވާ 13,000 ކިލޯމީޓަރަށް ސީދާ ދަތުރުކުރެއްވުމުގެ ޤާބިލުކަން ލިބިފައިވާ މިވާ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުގައި ތިން ކްލާހެއް ހިމެނެއެވެ. އެއީ ބިޒްނަސް ކްލާހުގައި 18 ގޮނޑި، ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 36 ގޮނޑި އަދި އިކޮނޮމީ ކްލާހުގައި 210 ގޮނޑިއާއެކު ޖުމްލަ 264 ގޮނޑިއެވެ.

މި މަތިންދާބޯޓުން ދަތުރުކުރައްވާ ކޮންމެ ފަސިންޖަރަކަށްވެސް 40 ކިލޯގެ ބެގޭޖު އުފުއްލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

MTCC Advertisement TTH Advertisement