ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ކުރެވޭނީ މަރާ މެދު ގާޒީ ގޮތެއް ނިންމުމުން: ޝަހީމް

Gojjtdiacaaulof
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ހުއްދަވާނީ އެ މަރާ މެދު ގާޒީ ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ޝަހީމް ރޭ ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، މިމަހުގެ ދެވަނަ ދުވަހު “ހޮޅުދޫ ބޯޓު”ގައި ހިނގި އަލިފާނުގެ ހާދިސާގައި ކަނޑަށް ގެއްލުނު އުމުރުން 25 އަހަރުގެ އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ލ. މާވަށުގައި ކުރުމަށް ހަމަޖައްސާފައިވުމުން، އެކަމާ ގުޅިގެން އުފައްދަމުންދާ ސުވާލުތަކަކާ ގުޅިގެންނެވެ.

މުޝްފިގުގެ މައްޗަށް ޣައްބަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހުކުރު ނަމާދަށްފަހުއެވެ. އެކަން މާވަށު ކައުންސިލުން ވެސް އަންގައިފައެވެ.

މިިނިސްޓަރު ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަންވާނީ ގާޒީއަށް ކަމަށާއި އެކަމުގައި ގާޒީގެ ހުކުމެއް އޮންނަން ޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވުމުން ކަމަށެވެ.

“ކަން ހިނގައިދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދުކުރުމަކީ ހުއްދަކަމެކެވެ..،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ގެއްލިފައިވާ މީހަކު ނަމަ، އެމީހާއަކީ ކައިވެންޏެއް ކޮށްގެން އުޅޭ މީހަކު ކަމުގައިވެސް ވެދާނެ ކަމަށާއި ނުވަތަ ދަރީން ތިބި މީހަކަށް ވެސް ވެދާނެ ކަމަށެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއް ކަމުގައިވެސް ވެދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެމީހުންނަކީ އޭނާގެ ވާރުތަވެރިން ކަމަށާއި އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެއް ކަމަށެވެ. އަދި މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ، އެ ހުރިހާ ކަމެއްގެ ހުކުމްތަކަށް ޝަރުއީ ގޮތުން އަސަރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީއެވެ. ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީއެވެ..،” މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ގާޒީގެ ހުކުމަށްފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ، އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަވާނެ ކަމަށާއި އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ، އަނބުރާ އޭނާގެ ގާތަށް ދިއުމެއް ނެތް ކަމަށެވެ. އަދި ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައިވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ގާޒީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާ މެދު ގޮތް ނިންމަންވާނީ ގާޒީ ކަމަށާއި ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެއެވެ. އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެއެވެ..،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށާއި ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement