ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

އެމްޑަބްލިޔުއެސްސީގެ އެކުވެރި ރޯދަ 30ގެ ޕްރޮމޯޝަނުން 3 މީހަކަށް ޢުމްރާ ދަތުރެއް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން “އެކުވެރި ރޯދަ 30” ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބިވަޑައިގަތް ތިން ބޭފުޅުންނާ އެކަމުގެ ރަސްމީ ލިޔެކިޔުންތައް ޙަވާލުކޮށްފިއެވެ. މި ޕްރޮމޯޝަނަކީ ވޭތުވެދިޔަ ރަމަޟާންމަހު ކުރިއަށް ގެންދެވުނު ޚާއްޞަ ޕްރޮގްރާމެކެވެ.

“އެކުވެރި ރޯދަ 30” އަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހާއި ރަމަޟާންމަހާ ދިމާކޮށް ރޭވިގެން ކުރިއަށް ގެންދެވުނު ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ އެމްޑަބްލިޔުއެސްސީ އެޕްލިކޭޝަން މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކަވާ އެންމެހައި ގޭބިސީތަކަށެވެ.

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިވަޑައިގަތް ބޭފުޅުން ހޮވާފައިވަނީ ގުރުއަތުލުމަކުން ކަމަށާއި، މި ގުރުއަތުލުން ބޭއްވިފައިވަނީ ޓީވީއެމްގެ “މިވަގުތު” ޕްރޮގްރާމުގައި ކަމަށް އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ޢުމްރާ ދަތުރުގެ ފުރުޞަތު ލިބިވަޑައިގަތް ތިން ބޭފުޅުންނާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު ބައްދަލުކުރައްވައި، ޢުމްރާ ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން ޙަވާލުކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލްފާޟިލް މަތީން، ޢުމްރާ ދަތުރު ލިބިވަޑައިގަތް ބޭފުޅުންނަށް މަރުޙަބާ ދަންނަވައި، ކާމިޔާބު ދަތުރަކަށް އެދިވަޑައިގަތެވެ.

ޢުމްރާ ދަތުރުގެ ފުރުޞަތު ލިބިވަޑައިގަތް ބޭފުޅުންނަކީ:
1. އަލްފާޟިލް ޝަމްރޫޒް އިބްރާހީމް (ދަފްތަރު ނަންބަރު ދރ 1672)
2. އަލްފާޟިލް މުޙައްމަދު ސަރާޙް (އުދަރެސް، ތ. ތިމަރަފުށި)
3. އަލްފާޟިލް ޢަލީ ނާޡިމް (ގ. ރަންދެލިގެ)

އެމްޑަބްލިޔުއެސްސީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ޕްރޮމޯޝަނުގެ ދަށުން ޤުރުއަތުން ހޮވުނު ތިން ބޭފުޅުން، އިޢުލާންކުރެވުނު ތާރީޚުން ފެށިގެން އެއް އަހަރުދުވަހުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭ ބޭނުން ހިއްޕެވުން ލާޒިމުވެއެވެ. އަދި ޢުމްރާ ދަތުރު ލިބިވަޑައިގަތް ބޭފުޅަކަށް އެ ދަތުރު ބޭނުން ނުކުރެއްވޭނެ ޙާލަތެއްގައި، އެހެން ބޭފުޅަކަށް އެ ދަތުރު ބަދަލުކުރުމުގެ ފުރުޞަތު ދެވޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ވިދާޅުވެފައިވެއެވެ.

އެމްޑަބްލިޔުއެސްސީއިން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދަވަމުން ގެންދަވައެވެ. މިއީވެސް އެފަދަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް 30 އަހަރު ފުރުނު ތާރީޚަކީ މިމަހުގެ އެއްވަނަ ދުވަސް ކަމެވެ. އެހެންކަމުން މި ޕްރޮމޯޝަނަކީ ކުންފުނީގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދެވުނު ޚާއްޞަ ޕްރޮގްރާމެއް ކަމުގައި ދެކެވިދާނެއެވެ.

މި ފަދަ ޕްރޮމޯޝަންތަކަކީ ކުންފުނީގެ ޚިދުމަތްތަކަށް ކަސްޓަމަރުންގެ ޝައުޤުވެރިކަން އިތުރުކޮށް، ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ ކަންކަމެވެ. އަދި މީގެ އިތުރުން، ރަމަޟާންމަހުގެ ބަރަކާތްތެރިކަމާއެކު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ހޯދައިދިނުމަކީ އިޖްތިމާޢީ ޒިންމާގެ ދަށުން ކުންފުނިން ކުރައްވާ މުހިންމު މަސައްކަތެއް ކަމުގައިވެސް ބެލެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement